ހޯމަ, ޑިސެމްބަރ 8, 2025
spot_img
- Advertisement -spot_img

ދެ އަހަރުގެ ތެރޭގައި ރައީސް މުއިއްޒު ބޮޑެތި ކުރިއެރުންތަކެއް ހޯއްދަވައިފި: މިނިސްޓަރު ސައީދު

ސަރުކާރަށް ދެއަހަރު ވީއިރު ވަރަށް ބޮޑެތި ކުރިއެރުންތައް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު ހޯއްދަވާފައިވާކަމަށް، އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ. 

އެމްއެމްޓީވީއަށް ދެއްވި އިންޓަވިއުއެއްގައި މިނިސްޓަރު ސައީދު ވިދާޅުވީ ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތްއިރު ގައުމުގެ ހާލަތު އޮތީ ވަރަށް ދަށު ދަރަޖައެއްގައި ކަމަށެވެ. 

”ވަރަށް ބޮޑެތި ކުރިއެރުންތަކެއް އެމަނިކުފާނު ހޯއްދަވައިފި، އޭގެތެރޭގައި އެމަނިކުފާނަށް ފުރަތަމަ ވާރުތަވެގެންއައި ބޮޑެތި ދަރަނިތައް އަދި ފައިސާ ޗާޕުކުރުމާ އެތައްއެތައް ކަންތައްތަކެއް ރައީސް ޑރ. މުޢިއްޒުގެ ސަރުކާރަށް ވާރުތަވެގެން އައި“ މިނިސްޓަރު ސައީދު ވިދާޅުވިއެވެ.

އެމްޑީޕީގެ ވެރިކަމުގައި އަމަލުކުރިގޮތުގެ ސަބަބުން ސަރުކާރުގެ ކުންފުނިތައް އޮތީ ދަރާ ވިކިފައި ކަމަށާއި ރައީސް މުއިއްޒުގެ އިރުޝާދުގެ ދަށުން ކުރެވުނު މުހިންމު މަސައްކަތްތަކުގެ ސަބަބުން ސަރުކާރުގެ ކުންފުނިތައް ވެސް ހަމަމަގަށް އެޅެމުން އަންނަޖަން ސައީދު ފާހަގަކުރެއްވިއެވެ.

ރައީސް މުއިއްޒު ރާއްޖޭގެ އިޤްތިޞާދަށް އައި ދަށްވުމާއެކު، ބައިނަލްއަޤްވާމީ މާކެޓުގައި ރާއްޖޭގެ ރޭޓިން ދަށްވެ، އިތުބާރު ވެސް އޮތީ ގެއްލިފައި ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

”ބަނގުރޫޓު ރާއްޖެ ނުވުމުގެ އިތުރަށް ރާއްޖެއާ ދޭތެރޭ އަލުން އަނބުރާ އިތުބާރު ގާއިމުކުރެވިއްޖެ. އަދި ރާއްޖެއާ ދޭތެރޭގަ އުއްމީދެއް ދުނިޔޭގެ މާކެޓްގަ އިރާދަކުރެއްވިއްޔާ މިހާރު އުފެދިގެން ހިނގައްޖެ.“ ސައީދު ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް