ހޯމަ, ޑިސެމްބަރ 8, 2025
spot_img
- Advertisement -spot_img

ޑރ. ޝަހީމް ސަޢުދީ އެއާލައިނުގެ އިސްވެރިންނާ ބައްދަލުކުރައްވައިފި

އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ސަޢުދީ އެއާލައިންގެ އިސް ބޭފުޅުންނާ ބައްދަލުކުރައްވައިފިއެވެ.

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ހާމަކުރި ގޮތުގައި އިއްޔެ ބޭއްވި މި ބައްދަލުކުރެއްވުމުގައި ވަޒީރު ވަނީ ސަޢުދީ އެއާލައިންގެ ފަރާތުން ދިވެހި ޙައްޖުވެރިންނާއި ޢުމްރާވެރިންނަށް ދެއްވަވާ ޚިދުމަތްތަކާއި ބަހައްޓަވާ ގާތްކަމަށްޓަކައި ސަޢުދީ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒްއާއި ވަލީއަޙްދު މުޙައްމަދު ބިން ސަލްމާނަށް އަދި ސަޢުދީ އެއާލައިންގެ އިސްވެރިންނަށް ޝުކުރު އަދާކުރައްވާފައެވެ.

މިގޮތުން ވަޒީރުގެ ވާހަކަފުޅުގައި ސަޢުދީ ޢަރަބިއްޔާއާއި ދިވެހިރާއްޖެއާއި ދެމެދު ދަތުރުތައް އޮތުމަކީ ދިވެހި ރައްޔިތުންނަށާއި، ޚާއްސަކޮށް ޙައްޖާއި ޢުމްރާއަށް ދާ ފަރާތްތަކަށް ވަރަށް ބޮޑެތި ލުއިފަސޭހަތަކެއް ލިބިގެންދާކަމެއްކަން ފާހަގަކުރައްވާފައިވެއެވެ.

މީގެ އިތުރުން ކޮންމެ ޙައްޖު މޫސުމެއްގައިވެސް ދިވެހި ޙައްޖުވެރިން އުފުލުމުގައި ވަރަށް އިސްކަމެއް ދެއްވައިގެން ސަޢުދީ އެއާލައިނުން ކުރައްވަމުން ގެންދަވާ މަސައްކަތުގެ އަގު ވަޒަންކުރާކަމަށާައި ދިވެހި ސަރުކާރުން އެކަން ފާހަގަކުރައްވާކަމަށް ވަޒީރުގެ ވާހަކަފުޅުގައި ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުމުގައި ދިވެހި ޤައުމީ އެއާލައިން، މޯލްޑިވިއަންގެ އިސް އޮފިޝަލުން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ވަޒީރު ސަޢުދީ ޢަރަބިއްޔާއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި ސަޢުދީ ޢަރަބިއްޔާގެ ޙައްޖު އެންޑް ޢުމްރާ މިނިސްޓަރ ޑރ. ތަޢުފީޤް އަލްރާބިޢާ އާއި ބައްދަލުކުރެއްވުމުގެ އިތުރުން ދިވެހިރާއްޖެއާއި ސަޢުދީ ޢަރަބިއްޔާއާއި ދެމެދު ޙައްޖުގެ ޚިދުމަތާ ބެހޭ އެއްބަސްވުމުގައި ވަނީ ސޮއިކުރައްވާފައެވެ.

ގުޅުންހުރި ލިޔުންތައް