ހޯމަ, ޑިސެމްބަރ 8, 2025
spot_img
- Advertisement -spot_img

ހަނިމާދޫ އެއާޕޯޓަކީ އުތުރުގެ ފަތުރުވެރިކަން ކުރިއަރުވަން ލިބުނު ބޮޑު ކުރިއެރުމެއް: ރައީސް ވަހީދު

ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްޤީކުރުމުގެ މަސައްކަތް ނިމުމާއެކު ރާއްޖެއިން އުތުރުގައި ފަތުރުވެރިކަން ކުރިއަރުވަން ކުރާ މަސައްކަތަށް ބޮޑު ކުރިއެރުމެއް ލިބޭނެކަމަށް ކުރީގެ ރައީސް، ޑރ. މުޙައްމަދު ވަޙީދު ޙަސަން މަނިކު ވިދާޅުވެއްޖެއެވެ.

ޕީއެސްއެމްއަށް ދެއްވި އިންޓަވިއުއެއްގައި ރައީސް ވަހީދު ވިދާޅުވީ ހަނިމާދޫ އިންޓަނޭޝަނަލް އެއަރޕޯޓް ހުޅުވިގެންދިއުމާއެކު ރާއްޖެއިން އުތުރުގެ އަތޮޅުތަކަށް ފަތުރުވެރިންކުރަންޖެހޭ ދަތުރު ކުރުވެ، ޚަރަދު ކުޑަވާނެ ކަމަށެވެ. އޭގެ ސަބަބުން އުތުރުގެ އަތޮޅުތަކުގައި ހުންނަ ރިސޯޓުތަކަށާއި ގެސްޓްހައުސްތަކަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އިތުރުވާނެކަމަށް ޤަބޫލުކުރައްވާކަމަށް ރައީސް ޑރ. ވަޙީދު ވިދާޅުވިއެވެ.

އުތުރުގެ އަތޮޅުތަކަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އިތުރުވުމަށް މަގުފަހިވަމުންދާއިރު، ޑިމާންޑާ އެއްވަރަށް އެ ސަރަހައްދަށް ރިސޯޓާއި ގެސްޓްހައުސް އިތުރުކުރަންޖެހޭ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ. އަދި މިކަމަށް ސަރުކާރުންނާއި ކައުންސިލްތަކުން އިންވެސްޓްމެންޓް ލުއިތައް ދޭންޖެހޭކަމަށް ރައީސް ޑރ. ވަޙީދު ވިދާޅުވިއެވެ.

”މި ސަރަހައްދުގައި އެއަރޕޯޓުން 40 މިނެޓަށްވުރެ ކުޑަ ރޭންޖެއްގައި 3000އަށް ވުރެ ގިނަ އެނދު ހުންނަން އެބަޖެހޭ. ރަށްރަށުގެ ރައްޔިތުންނާއި ކައުންސިލްތަކުން ޓޫރިޒަމަށް ހިތްވަރު ދިނުމަށް ކުރަންޖެހޭ ކަންތައްތަކެއް އެބަހުރި. ޓޫރިޒަމަށް އިންވެސްޓްކުރާ މީހުންނަށް ކައުންސިލްތަކުން އިންސެންޓިވްއެއްދީ ލުއިތައް ދީ އެހީތެރިވުން އެއީ ވަރަށް މުހިންމު ކަމެއް،“  ރައީސް ޑރ. ވަޙީދު ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް