އައްޑޫ ހުޅުދު އާއި މީދޫގައި ޕާސްޕޯޓް ދޫކުރުމާއި އައިޑީ ކާޑު ޕްރިންޓްކޮށް ދޫކުރުމުގެ ހިދުމަތް ފަށައިފިއެވެ.
އެ ދެ ހިދުމަތް އެ ދެ ރަށުން ދިނުން އިފުތިތާހުކުރީ ރައީސް ޑރ. މުހައްމަދު މުއިއްޒު މިހާރު އައްޑު އަށް ކުރައްވަމުން ގެންދަވާ ދަތުރުގެ ތެރެއިން މިއަދު މެންދުރު ފަހު މީދު އާއި ހުޅުދޫ ރައްޔިޔުންނާ އެކު ބޭއްވި ބައްދަލުވުމުގައެވެ.
އެގޮތުން ޕާސްޕޯޓްގެ ހިދުމަތް ފައްޓަވައ ދެއްވީ ލޯކަލް މިނިސްޓަރު އާދަމް ޝަރީފް ޢުމަރާއި އިމިގްރޭޝަން ކޮންޓްރޯލަރު އަހުމަދު ފަސީހެވެ.
އައްޑޫގައި އިމިގްރޭޝަންގެ ރީޖަނަލް އޮފީހެއް ވެސް ހުރެއެވެ. އެ އޮފީސް ހުންނަނީ މަރަދޫގައެވެ. ނަމަވެސް އެ އޮފީހުން ހިދުމަތް ހޯދުމަކީ ހުޅުދޫ އަދި މީދޫގެ ރައްޔިތުންނަށް އޮތް ވަރަށް ބޮޑު ތަކުލީފެކެވެ.



