އާދިއްތަ, ޑިސެމްބަރ 7, 2025
spot_img
- Advertisement -spot_img

ފުވައްމުލަކުގައި ސިޓީ ހޮޓަލަކާއި އިކޯ ޓޫރިޒަމްގެ މަޝްރޫއެއް ހިންގަން އެމްއޭސީއެލްއާ ހަވާލުކޮށްފި

ފުވައްމުލަކުގައި ޓޫރިސްޓު ހޮޓަލެއް ހެދުމަށާއި މި ރަށުގައި އިކޯ ޓޫރިޒަމްގެ މަޝްރޫއެއް ހިންގުމަށް އެމްއޭސީއެލްއާ އެކު އެއްބަސްވުމެއްގައި ރޭ ސޮއިކޮށްފިއެވެ.

މިކަމުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު ފުވައްމުލަކުގެ ރައްޔިތުންނާ ބައްދަލުކުރުމަށް މިރޭ ބޭއްވި ޖަލްސާގައެވެ. މި އެއްބަސްވުންތަކުގައި އެމްއޭސީއެލްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ އިބްރާހިމް ޝަރީފެވެ.

ޓޫރިޒަމް މަޝްރޫއާ ގުޅޭގޮތުން އެ ޖަލްސާގައި ވާހަަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ މި މަޝްރޫއު ކުރިއަށްގެންދާނީ ރައްޔިތުންނަށް އޭގެއިން ސީފާ ނަފާ ލިބޭނެ ގޮތަށް ކަމަށާއި ރަށްރަށުގެ ލޯކަލް ޓޫރިޒަމް މަޝްރޫއުތައް އެމްއޭސީއެލްއާ ހަވާލުކުރަނީ އެ ރަށެއްގެ ރައްޔިތުންނަށް އޭގެއިން ފައިދާވާނެ ގޮތަށް ކަމަށެވެ.

އެގޮތުން މި މަޝްރޫއު ނިމިގެންދާއިރު ރައްޔިތުންނަށް އާމްދަނީ އަދި ވަޒީފާގެ ގޮތުން ވެސް ރައްޔިތުންނަށް ފައިދާކުރާނެ ކަމަށާއި މި މަޝްރޫއު ވެގެންދާނީ ކާމިޔާބު މަޝްރޫއަކަށް ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް