- Advertisement -spot_img

އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ”ސެކްޓޯރަލް ސިމްޕޯޒިއަމް“ ގެ ނަމުގައި މަސައްކަތު ބައްދަލުވުމެއް ބާއްވައިފި

ހަފްތާ 52 ގެ ކާމިޔާބީތަކާއި ގުޅިގެން މި ވުޒާރާއިން ކުރިއަށް ގެންދާ ހަރަކާތްތަކުގެ ތެރެއިން، މި އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއާ ގުޅުންހުރި ދާއިރާތަކާއެކު މަސައްކަތްކުރައްވާ އަމިއްލަ ޖަމްޢިއްޔާތަކަށް އަމާޒުކޮށްގެން ”ސެކްޓޯރަލް ސިމްޕޯޒިއަމް“ ގެ ނަމުގައި މަސައްކަތު ބައްދަލުވުމެއް ބާއްވައިފިއެވެ.

މި ކޮންފަރެންސް ގެ މަޤްޞަދަކީ ފާއިތުވި އަހަރުގެ ތެރޭގައި މި ވުޒާރާއިން އެކިއެކި ޖަމްޢިއްޔާތަކާ ގުޅިގެން އަންހުންނާއި، ކުޑަކުދިންނާއި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި އަދި އިސްރަށްވެހިންނަށް އަމާޒުކޮށްކޮށްގެން ކުރިއަށް ގެންދެވުނު މަސައްކަތްތަކާއި އެ މަސައްކަތްތަކުން ހާސިލުވި ނަތީޖާ ހިއްސާކޮށް، އަމިއްލަ ޖަމްޢިއްޔާތަކާ ގުޅިގެން މިވުޒާރާއިން 2025 ވަނަ އަހަރު ކުރިއަށްގެންދާނެ މަސައްކަތްތަކާ ގުޅޭގޮތުން މަޝްވަރާކޮށް ވޯކްޕްލޭނެއް ތައްޔާރުކުރުމެވެ.

މި ބައްދަލުވުން ކުރިއަށް ގެންގޮސްފައިވަނީ 13 ނޮވެންބަރު 2024 ގައި އިސްރަށްވެހިންގެ ނާދީގައެވެ.

ގުޅުންހުރި ލިޔުންތައް