އާދިއްތަ, ޑިސެމްބަރ 7, 2025
spot_img
- Advertisement -spot_img

ފޭކު ސްލިޕް ފޮނުވި މީހަކު ތިން މަހަށް ޖަލަށް

ފިހާރައަކުން ވިޔަފާރި ކުރުމަށްފަހު ފައިސާ ދެއްކި ކަމަށް ބުނެ ފޭކު ބޭންކް ސްލިޕެއް ފޮނުވި މީހަކު ތިން މަހާއި 25 ދުވަހަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމް ކޮށްފިއެވެ.

އެ މައްސަލާގައި ހުކުމް ކޮށްފައި ވަނީ ހދ. ކުޅުދުއްފުށީ، ޗާނދަނީގޭ، މުހައްމަދު ފާރިހުގެ މައްޗަށެވެ.

ފާރިހުގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ މަކަރާއި ހީލަތް ހެދުމުގެ ދައުވާ އެވެ. އޭނާ ވަނީ ވިޔަފާރިކުރި ފިހާރައަށް ފައިސާ ޖަމާކުރި ކަމަށް ބުނެ ފޭކު ސްލިޕެއް ފޮނުވައިގެން، ޖުމްލަ 1299 ރުފިޔާގެ މުދާ އޮޅުވާލައިގެން ނަގާފައެވެ. 

މަކަރާއި ހީލަތުން ފިހާރައިން ނެގި މުދަލުގެ ތެރޭގައި ހިމެނެނީ ތިން ފޮށި ސިނގިރޭޓާއި، ދެ އެކްސެލް ދަޅާއި، އެއް ކްރަމްޕީ ފުޅި އާއި އެއް ޕާނާއި ދެ ޕެކެޓް ކޮފީ އަދި ދެ ފުޅި ކޮފީ ކަމަށް ހުކުމްގައިވެ އެވެ.

ޝަރީއަތުގެ މަޖިލީހުގައި އޭނާ ވަނީ ދައުވާއަށް އިއުތިރާފުވެފައެވެ. 

ފާރިހު ކުށަށް އިއުތިރާފުވެފައިވާތީ، އޭނާއަށް އިއްވީ ތިން މަހާއި 25 ދުވަހުގެ ޖަލު ހުކުމެކެވެ.

ގުޅުންހުރި ލިޔުންތައް