ކޮރަޕްޝަންގެ މައްސަލައަކާ ގުޅިގެން ހަތަރު ފުލުހަކު ސަސްޕެންޑުކޮށްފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ މައްސަލަ ފުލުހުންގެ ޕްރޮފެޝަނަލްސް ސްޓޭންޑާޑްސް ކޮމާންޑުން ބެލުމަށްފަހު ހަތަރު ފުލުހަކު ވަކިކުރަން ފުލުހުންގެ ޑިސިޕްލިނަރީ ބޯޑުން މިއަދު ނިންމާފައިވާ ކަމަށެވެ.
އެއީ ށ. މިލަންދޫގައި މަސައްކަތްކުރާ ފުލުހުންގެ އެކައުންޓުތަކަށް ގިނަ އަދަދެއްގެ ފައިސާ ޖަމާކުރި މައްސަލައެވެ. އެއީ ކޭޓަރިންގެ ޚިދުމަތް ހޯދުމުގައި ހިންގާފައިވާ ޚިޔާނާތުގެ މައްސަލައެކެވެ.
ޑިސިޕްލިނަރީ ބޯޑުން ނިންމި މައްސަލައިގެ އިސްތިއުނާފު މަރުހަލާ ނިމެންދެން އެ ފުލުހުން މަގާމުގެ މަސްއޫލިއްޔަތުތަކުން ވަނީ އެކަހެރިކޮށްފައެވެ.
ވަޒީފާއިން ވަކިކުރާނީ އެ މަރުހަލާ އެ ފުލުހުންނަށް ނާކާމިޔާބުވެއްޖެނަމައެވެ.



