ބަންކަރިންގެ ޚިދުމަތުން މިހާތަނަށް 192 މިލިއަން ރުފިޔާ ލިބިއްޖެކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
މިއަދު އޮތް ޖަލްސާގައި ރައްޔިތުން މަޖިލީހުގެ މެމްބަރުން ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ސައީދު ވިދާޅުވީ
ބަންކަރިންގެ ޚިދުމަތް ފެށީ މި ސަރުކާރުން ކަމަށާއި އެ ޚިދުމަތް އަންނަނީ ފުޅާވަމުން ކަމަށެވެ.
އެގޮތުން އެ މަޝްރޫއުގެ ސަބަބުން މިހާތަނަށް ދައުލަތަށް 192 މިލިއަން ރުފިޔާއާއި ޓެކްސްގެ ގޮތުގައި މިހާތަނަށް 17 މިލިއަން ރުފިޔާ ލިބިފައިވާކަމަށް މިނިސްޓަރު ސައީދު ވިދާޅުވިއެވެ.
ބަންކަރިންގެ ހިދުމަތް ފެށީ މިދިޔަ އަހަރުގެ 19 ސެޕްޓެންބަރުގަ އެވެ. އެ ހިދުމަތް އެސްޓީއޯއިން ދެނީ ނެދަލޭންޑްސްގެ ކުންފުންޏެއް ކަމަށްވާ ’ވިޓޯލް’އާ ގުޅިގެންނެވެ.
އެ ޚިދުމަތް ސަރުކާރުން ބޭނުންވާ ފެންވަރަށް ގެންދެވުމުން ރާއްޖެ އަށް އަހަރަކު 400 މިލިޔަން ޑޮލަރުގެ އާމްދަނީ އެއް ލިބޭނެ ކަމަށް މިނިސްޓަރު ސައީދު މީގެކުރިން ވަނީ ވިދާޅުވެފައެވެ.



