އާދިއްތަ, ޑިސެމްބަރ 7, 2025
spot_img
- Advertisement -spot_img

ޖޭއެސްސީގެ މެންބަރުކަމަށް ހުސްނީ އައްޔަންކުރަން ފާސްކޮށްފި

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ މެންބަރުކަމަށް ރައްޔިތުންގެ މަޖިލީހުން މަނަދޫ ދާއިރާގެ މެންބަރު ހުސްނީ މުބާރިކު އައްޔަންކުރަން މިއަދު ފާސްކޮށްފިއެވެ.

ޖޭއެސްސީގެ މެންބަރުކަމުން މާފުށީ ދާއިރާގެ މެންބަރު ހުސައިން ރިޒާ އާދަމް އިއްޔެ ވަނީ އިސްތިއުފާދެއްވާފައެވެ.

އެހެންވެ އެ ކޮމިޝަނުން ހުސްވެފައިވާ މެންބަރު ކަމަށް މަޖިލިސް މެންބަރުންގެ ތެރެއިން ހުސްނީ އައްޔަން ކުރުމަށް މިއަދު ބޭއްވި ޖަލްސާގައި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހު ހުށަހެޅުއްވި އެވެ. އެ ހުށަހެޅުމަށް ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް ތާއީދު ކުރެއްވި އެވެ.

ހުސްނީގެ ނަން ފާސްވީ ވޯޓުގައި ބައިވެރިވި 58 މެންބަރުންގެ އިއްތިފާގުންނެވެ.

ހުސްނީ އަކީ ރާއްޖޭގެ މަޝްހޫރު ގާނޫނީ ވަކީލެކެވެ. އޭނާ ވަނީ މީގެކުރިން ނ. މަނަދޫ ކޯޓުގެ މެޖިސްޓްރޭޓްކަން ވެސް ކުރައްވާފައެވެ.

ގުޅުންހުރި ލިޔުންތައް