އާދިއްތަ, ޑިސެމްބަރ 7, 2025
spot_img
- Advertisement -spot_img

އައްޑޫ ހިތަދޫ- ހުޅުދޫ އަދި މީދޫ ގުޅުވާލާ ބްރިޖްގެ ސާވޭއާއި ޑިޒައިން ހަދަން ޗައިނާ ކުންފުންޏަކާ ހަވާލުކޮށްފި

އައްޑޫ ހިތަދޫ- ހުޅުދޫ އަދި މީދޫ ގުޅުވާލާ ބްރިޖްގެ ސާވޭއާއި ޑިޒައިން ހަދަން ޗައިނާ ކުންފުންޏަކާ މިއަދު ހަވާލުކޮށްފިއެވެ.

ބްރިޖު މަޝްރޫއުގެ ސާވޭ އާއި ޑިޒައިން އަދި ޓެންޑާ ޑޮކިއުމަންޓާއި ޓެކްނިކަލް ސްޕެސިފިކޭޝަން ހިމެނޭ ގޮތަށް ތައްޔާރު ކުރުމުގެ މަސައްކަތުގެ ކޮންސަލްޓަންސީ ސާވިސް ދޭނެ ފަރާތެއް ހޯދަން އިއުލާން ކުރީ މިދިޔަ މާޗް މަހުގެ ދެވަނަ ދުވަހުއެވެ.

 އެ މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން އެބައެއްގެ ގާބިލުކަން ސާބިތުކޮށްދޭ ލިޔުންތަކާއެކު ހުށަހަޅަންޖެހޭ ގޮތަށް ކުރި އެ އިއުލާނުގައި ބަޔާންކޮށްފައިވާ ގޮތުން މަސައްކަތަށް ބަޔަކު ނަގަނީ އެކަމަށް އެދި ހުށަހަޅާ އެންމެންގެ ތެރެއިން ޝޯޓް ލިސްޓު ކުރާ ފަރާތްތަކަށް ފްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ދީގެންނެވެ.

މިއަދު ބޭއްވި ރަސްމިޔާތެއްގައި އެ މަސައްކަތް ހަވާލުކުރީ ޗައިނާގެ ’ޓީވައި ލިން އިންޓަނޭޝަނަލް‘ ކުންފުންޏާ އެވެ. މިއަދު ބޭއްވި އެ ރަސްމިއްޔާތުގައި ހައުސިން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބުއެވެ. އަދި ޗައިނާ ކުންފުނީގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ ރައީސް ޗެން ޝައުހޫ އެވެ.

އެ ކުންފުންޏާ މި މަޝްރޫއު ހަވާލުކޮށްފައި ވަނީ މަޝްރޫއުގެ ސާވޭ، ޑިޒައިން އަދި ޓެކްނިކަލް ސްޕެސިފިކޭޝަންގެ އިތުރުން ޓެންޑާ ޑޮކިއުމެންޓް ތައްޔާރު ކުރުން ހިމެނޭ ގޮތަށެވެ.

ހުޅުދޫ އަދި މީދޫގެ ޒަމާންވީ ހުވަފެނެއް ކަމުގައިވާ ބްރިޖް އަޅައި ރައްޔިތުންނަށް އުފާވެރިކަން ގެނެސްދެއްވާނެ ކަމުގެ ޔަގީންކަން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ދެއްވާފައެވެ.

ގުޅުންހުރި ލިޔުންތައް