އާދިއްތަ, ޑިސެމްބަރ 7, 2025
spot_img
- Advertisement -spot_img

އުފާ ފާޅުކުރަން ހުޅުދޫ އާއި މީދޫގައި ހަވާ އަރުވަނީ

އައްޑޫ ސިޓީ ކައުންސިލުން ވަކިވާން ހުޅުދޫ އާއި މީދޫގެ ރައްޔިތުންގެ މެޖޯރިޓީ ވޯޓުން ނިންމި ކާމިޔާބީ ފާހަގަކުރަން މިރޭ ހަވާ އަރުވަން ނިންމައިފިއެވެ.

އެ ދެ ރަށަކީ ވެސް އެއް ފަސްގަނޑެއްގައި އޮންނަ ދެ ރަށެވެ. ހަވާ އެރުވުން އޮންނާނީ މިރޭ 8:30 ގައި ބަނދަރު ސަރަހައްދުގައެވެ.

އެއީ ހުޅުދޫ ދާއިރާގެ މެންބަރު މުހައްދު ޝާހިދާއި އައްޑޫ މީދޫ ދާއިރާގެ މެންބަރު އަބްދުއްރަހްމާން ކުރާ ކަމެކެވެ.

އަދި އައްޑޫ ސިޓީ ކައުންސިލުން ވަކިވެ، ވަކި ކައުންސިލެއް އުފައްދަން ނުފެންނަ ކަމަށް ފޭދޫން ރައްޔިތުން ވަނީ ނިންމާފައެވެ.

އެގޮތުން އައްޑޫ ކައުންސިލުން ވަކިވާން ފެންނަ ކަމަށް ހުޅުދޫގެ 720 މީހަކު ވޯޓު ދީފައިވާއިރު، ނުފެންނަ ކަމަށް ވޯޓު ދިނީ 325 މީހުންނެވެ. އަދި އައްޑޫ ކައުންސިލުން ވަކިވާން މީދޫގެ 841 މީހަކު ވޯޓު ދިންއިރު، ނުފެންނަ ކަމަށް ވޯޓު ދީފައިވަނީ 144 މީހުންނެވެ. މި ވޯޓުގައި ހުޅުދޫގެ 37 ޕަސެންޓު މީހުން ވޯޓުލާފައިވާއިރު، މީދޫން ވޯޓުލާފައިވަނީ 43 ޕަސެންޓު މީހުންނެވެ.

ގުޅުންހުރި ލިޔުންތައް