އާދިއްތަ, ޑިސެމްބަރ 7, 2025
spot_img
- Advertisement -spot_img

ކްރިމިނަލް ކޯޓުގެ ގާޒީ ހުސައިން ފާއިޒު ރަޝާދު ސަސްޕެންޑުކޮށްފި

ކްރިމިމަލް ކޯޓުގެ ގާޒީ ހުސައިން ފާއިޒު ރަޝާދު ސަސްޕެންޑުކޮށްފިއެވެ.

އެނގިފައިވާގޮތުގައި ކްރިމިމަލް ކޯޓުގެ ގާޒީ ހުސައިން ފާއިޒު ރަޝާދު ސަސްޕެންޑުކުރިކަން އޭނާއަށް ޖޭއެސްސީން ވަނީ އަންގާފައެވެ. ނަމަވެސް އެއީ ކޮން މައްސަލައަކާ ގުޅިގެން ކަމެއް އަދި ސާފެއްނުވެއެވެ.

މިކަމާ ގުޅިގެން ޖޭއެސްސީން އަދި ވަކިއެއްޗެއް ނުބުނެއެވެ.

ހުސައިން ފާއިޒު ރަޝާދަކީ، މަސްތުވާތަކެތީގެ ވިޔަފާރި ކުރާ ބޮޑެއް ކަމަށް ފުލުހުން ތުހުމަތު ކުރާ ސ. ހިތަދޫ، ކޯޒީކޯނާ، އުމުރުން 41 އަހަރުގެ  އަލީ އަންވަރު މުހައްމަދު ބަންދުން ދޫކޮށްލަން އަމުރު ކުރި ގާޒީއެވެ.

އަންވަރު މިނިވަން ވުމުން ސްރީ ލަންކާއަށް ގޮސް ފިލަން ކުރި މަސައްކަތް ދިވެހި ފުލުހުންނާއި ލަންކާގެ ފުލުހުން ގުޅިގެން ކުރި މަސައްކަތުން ވަނީ ފެއިލްކޮށްލާފައެވެ.

ލަންކާއިން ވަނީ އެ ގައުމަށް އެތެރެވިޔަނުދީ އަންވަރު ޑީޕޯޓްކޮށް އަނބުރާ ފޮނުވާލާފައެވެ. ރާއްޖެ އައުމާއެކު އަންވަރު ވަނީ އަލުން ހައްޔަރުކޮށްފައެވެ.

ގުޅުންހުރި ލިޔުންތައް