އެމްއޭސީއެލްގެ ބޯޑަށް، އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޖުތަބާ ލަތީފު މިއަދު އައްޔަންކޮށްފިއެވެ.
ޕްރައިވަޓައިޒޭޝަން ބޯޑުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ އެމްއޭސީއެލްގެ ބޯޑުގެ މެމްބަރުގެ މަގާމަށް ގއ. ދާންދޫ، މުޝްތަރީގޭ، މުޖުތަބާ ލަތީފް ހަމަޖައްސާފައިވާ ކަމަށެވެ.
އެމްއޭސީއެލްގެ ބޯޑަށް މުޖުތަބާ އައްޔަންކޮށްފައިވާއިރު، އެ ބޯޑުގައި ހުންނެވި މުހައްމަދު ރިޔާޒު (ލެޓްސް ގޯ ރިޔާޒު) ވަކިކޮށް، އެ ބޯޑަށް އިތުރު ދެ މެންބަރަކު އައްޔަންކުރެވޭގޮތަށް އުސޫލު ވަނީ ބަދަލުކޮށްފައެވެ.
އެމްއޭސީއެލްގެ ބޯޑުގައި މިހާރު ތިއްބެވީ ޗެއާޕާސަން އައިޝާ ނޫރްއައިން ޖަނާހް އާއި އާއި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފް މުހައްމަދާއި ސަހާ ވަހީދާއި އިބްރާހިމް ސިޔާދު ގާސިމާއި މުހައްމަދު މިހާދު އަދި އިބްރާހިމް މަހުދީ އެވެ.



