އާދިއްތަ, ޑިސެމްބަރ 7, 2025
spot_img
- Advertisement -spot_img

ކައްދޫ އެއާޕޯޓް އިންޓަނޭޝަނަލް ފެންވަރަށް ތަރައްގީކުރަން އެމްއޭސީއެލްއާ ހަވާލުކޮށްފި

ލ. ކައްދޫ އެއާޕޯޓް, އިންޓަނޭޝަނަލް ފެންވަރަށް ތަރައްގީކުރަން އެމްއޭސީއެލްއާ ހަވާލުކޮށްފިއެވެ.

އެ މަޝްރޫއު އެމްއޭސީއެލްއާ ހަވާލުކުރީ ރައީސް ޑރ. މުހައްމަދު މުއިއްޒު ލ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ އަތޮޅު ފޮނަދޫގައި ރޭ ބޭއްވި ރަސްމިއްޔާތުގައެވެ.

ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ, ކައްދޫ އެއާޕޯޓް ތަރައްގީ ކުރާނީ 2,800 މީޓަރުގެ ދިގު ރަންވޭއަކާއެކު ކަމަށާއި އެ މަސައްކަތް ކުރާނީ ކައްދޫ ސިފައިންގެ މަރުކަޒު, އެހެން ތަނަކަށް ބަދަލުކުރަން ނުޖެހޭ ގޮތަކަށް ކަމަށެވެ.

އެއާޕޯޓް ބޮޑުކުރުމުގެ މަޝްރޫއުގެ ތެރެއިން ފޮނަދުއަށް ބޭނުންވާ ބިން އިތުރު ކުރާނެ ކަމަށްވެސް ރައީސް ވިދާޅުވި އެވެ.

އެގޮތުން އެއާޕޯޓް މަޝްރޫއުއަށް 114 ހެކްޓަރުގެ ބިން އަދި ފޮނަދޫގެ ބޭނުމަށް 30 ހެކްޓަރުގެ ބިމާއެކު ޖުމުލަ 144 ހެކްޓަރުގެ ބިން މަޝްރޫއުގެ ދަށުން ހިއްކަން ވަނީ ނިންމައިފައެވެ.

ގުޅުންހުރި ލިޔުންތައް