އާދިއްތަ, ޑިސެމްބަރ 7, 2025
spot_img
- Advertisement -spot_img

ރާއްޖޭގައި ކިޔެވި ފުރަތަމަ 20 ޑޮކްޓަރުން ޚިދުމަތަށް ނުކުންނަނީ

ދިވެހިރާއްޖޭގައި ޑޮކްޓަރުކަން ކިޔެވި ފުރަތަމަ ދިވެހި ދަރިވަރުންގެ ބެޗު އިންޓާންޝިޕް ފުރިހަމަކުރުމަށް ފަހު، ޚިދުމަތަށް ނުކުންނަން ތައްޔާރުވެއްޖެއެވެ.

ދިވެހި ރާއްޖޭގެ ގައުމީ ޔުނިވާސިޓީގެ ސްކޫލް އޮފް މެޑިސިންގައި ކިޔެވި ދަރިވަރުންގެ ފުރަތަމަ ބެޗު ދަސްވެނިވީ އޮކްޓޫބަރު 31، 2024 ގައެވެ. އެކަމަކު، އެ ދަރިވަރުންނަށް ޚިދުމަތަށް ނުކުމެވެނީ އެއް އަހަރު ދުވަހުގެ އިންޓާންޝިޕެއް ފުރިހަމަކުރުމަށް ފަހުގައެވެ.

އައިޖީއެމްއެޗުން ވަނީ އަލަށް ޚިދުމަތަށް ނުކުންނަން ތައްޔާރުވި 20 ޑޮކްޓަރުންނަށް މަރުހަބާ ކިޔާފައެވެ. ބަލިމީހުންނަށް ފަރުވާ ދިނުމުގައި ނަމޫނާ ދައްކަން އެ ޑޮކްޓަރުން ތައްޔާރަށް ތިބި ކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ.

މިއީ ސިއްހީ ދާއިރާއަށް ލިބުނު ތާރީޚީ ކުރިއެރުމެއްކަން ކަމަށް ވެސް އައިޖީއެމްއެޗުން ބުންޏެވެ.

އްޖޭގައި މެޑިސިން ކިޔަވައިދެނީ މެލޭޝިއާގެ ޤައުމީ ޔުނިވާސިޓީ، ކެބަންސާން މެލޭޝިއާ (ޔޫކޭއެމް)ގައި ކިޔަވައިދޭ ކަރިކިއުލަމަށެވެ.

އެ ކޯހުގެ ފީއަކީ މަހަކަށް 1000 ޑޮލަރެވެ. ނަމަވެސް، ސަރުކާރުގެ ހިލޭ ޑިގްރީގެ ދަށުން ގައުމީ ޔުނިވާސިޓީގައި ޑޮކްޓަރުކަން ކިޔެވެއެވެ.

ގުޅުންހުރި ލިޔުންތައް