އާދިއްތަ, ޑިސެމްބަރ 7, 2025
spot_img
- Advertisement -spot_img

އެސްޓީއޯއިން އަސާސީ 23 ބާވަތެއްގެ ކާބޯތަކެތި އަގުހެޔޮކޮށް ވިއްކަން ފަށައިފި

އާންމު ރައްޔިތުންނަށް ކެއިންބުއިމަށް ބޭނުންކުރާ އަސާސީ ބާވަތްތައް ހެޔޮ އަގުގައި ލިބޭނެ އިންތިޒާމް ހަމަޖެއްސުމަށް ސަރުކާރުން ކަނޑައަޅާފައިވާ ސިޔާސަތުގެ ދަށުން، އެސްޓީއޯއިން އިތުރު 23 ބާވަތެއްގެ އަސާސީ ކާބޯތަކެތި ހެޔޮ އަގުގައި ވިއްކަން ފަށައިފިއެވެ.

މި ތަކެތި މިއަދުން ފެށިގެން އެސްޓީއޯ ސުޕަމާޓުން ލިބެން ހުންނާނެކަމަށް އެސްޓީއޯއިން ބުންޏެވެ.

އަގުހެޔޮކޮށް ވިއްކަން ފެށި ތަކެތީގެ ތެރޭގައި މޭވާ އާއި ތަރުކާރީގެ 20 ބާވަތުގެ އިތުރުން ރީދޫ މުގާއި ކުކުޅު ބިސް އަދި ކާށި ހިމެނެ އެވެ. މޭވާގެ ތެރޭގައި ދޮންކެޔޮ، އާފަލު، އޮރެންޖު އަދި ތަރުކާރީގެ ތެރޭގައި ފިޔާ، ކެރެޓު، އަލުވި ފަދަ ބާވަތްތައް ހިމެނެ އެވެ. މި ތަކެތީގެ އަގުތައް ކަނޑައަޅާފައިވަނީ ބާޒާރުގެ އަގުތަކަށް ރިއާޔަތްކޮށް ކަމަށް އެސްޓީއޯއިން ބުންޏެވެ.

އެސްޓީއޯ އިން ވިއްކާ މޭވާ އާއި ތަރުކާރީގެ ބާވަތްތައް
ދޮންކެޔޮ
ފިޔާ
އާފަލު
އިނގުރު
އޮރެންޖު
ކެރެޓު·
ލުނބޯ
ބަށި
ޖުމްހޫރީމޭވާ
ކައްޓަލަ
އަނބު
ފަޅޯ
ކެބެޖު
ކަރާ
ބަރަބޯ
މިރުސް
ބޯވެލި
މޭބިސްކަދުރު
ލޮނުމެދު
  1. ދޮންކެޔޮ
  2. ފިޔާ
  3. އާފަލު
  4. އިނގުރު
  5. އޮރެންޖު
  6. ކެރެޓު·
  7. ލުނބޯ
  8. ބަށި
  9. ޖުމްހޫރީމޭވާ
  10. ކައްޓަލަ
  11. އަނބު
  12. ފަޅޯ
  13. ކެބެޖު
  14. ކަރާ
  15. ބަރަބޯ
  16. މިރުސް
  17. ބޯވެލި
  18. މޭބިސްކަދުރު
  19. ލޮނުމެދު

އެސްޓީއޯގެ އަމާޒަކީ ސިއްހަތަށް ފައިދާހުރި ކާބޯތަކެތި އެކަށޭނަ އަގެއްގައި އަބަދު ވެސް ރައްޔިތުންނަށް ލިބެން ހުރުން ކަމަށް އެ ކުންފުނިން ބުނެ އެވެ. މި ތަކެތީގެ އެންމެ ފަހުގެ އަގުތައް އިކޮނޮމިކް މިނިސްޓްރީގެ ’އަގުމަގު‘ ޕޯޓަލް މެދުވެރިކޮށް ބެލޭނެ އިންތިޒާމް ވަނީ ހަމަޖައްސާފައެވެ.

ގުޅުންހުރި ލިޔުންތައް