ހުކުރު, ނޮވެމްބަރ 7, 2025
spot_img
- Advertisement -spot_img

މިލަންދޫގައި ޕާސްޕޯޓު ދޫކުރުމުގެ ޚިދުމަތް ފަށައިފި

ށ. މިލަންދޫގައި ޕާސްޕޯޓު ދޫކުރުމުގެ ޚިދުމަތް ފަށައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިލަންދޫ ރައްޔިތުންނާއެކު ބޭއްވެވި ބައްދަލުވުމުގައި އެ ޚިދުމަތް އެ ރަށުގައި ފައްޓަވައިދެއްވީ ހޯމް މިނިސްޓަރު އަލީ އިހްސާނެވެ.

އެ ރަސްމިއްޔާތުގައި އިހްސާން ވަނީ މިލަންދޫން އެންމެ ފުރަތަމަ ޕާސްޕޯޓްގެ ހިދުމަތް ހޯއްދެވި ފަރާތާ ޕާސްޕޯޓް ހަވާލުކޮށްދެއްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވައުދުފުޅާއެއްގޮތަށް ރާއްޖޭގެ ހުރިހާ އަތޮޅެއްގައި އައިޑީކާޑާއި ޕާސްޕޯޓްގެ ޚިދުމަތް މިހާރު ވަނީ ގާއިމްކޮށްފައެވެ. 

މިކަމުގެ ސަބަބުން އައިޑީކާޑާއި ޕާސްޕޯޓް ހެދުމަށް ޒަމާނުއްސުރެ މާލެ އަންނަން ޖެހުނު ޖެހުން މާޒީވެދިޔައީއެވެ. 

މީގެއިތުރުން ދިވެހީން ގިނަ އަދަދަކަށް ދިރުއުޅޭ ގައުމުތަކުގައި ވެސް އައީޑިކާޑާއި ޕާސްޕޯޓްގެ ޚިދުމަތް ތައާރަފްކުރުމުގެ މަސައްކަތް ސަރުކާރުން އަންނަނީ ކުރަމުންނެވެ.

ގުޅުންހުރި ލިޔުންތައް