ބުރާސްފަތި, އޮކްޓޯބަރ 9, 2025
spot_img
- Advertisement -spot_img

ބާކީ ހުރި ގެދޮރުވެރިޔާ ފްލެޓްތަކުގެ ގުރުއަތު ނެގުން މާދަމާ ފަށަނީ

ގެދޮރިވެރިޔާ ސްކީމްގެ ދަށުން ފްލެޓް ލިބި، ގުރުއަތުނުލާ މީހުންގެ މެދުގައި ގުރުއަތުލުން މާދަމާއިން ފެށިގެން ކުރިއަށްގެންދަން ހަމަޖެހިފައިވާ ކަމަށް ހައުސިން މިނިސްޓްރީން ބުނެފިއެވެ.

އެ މިނިސްޓްރީން ސަރުކާރުގެ ގެޒެޓްގައި ޝާއިއުކުރި އިއުލާނެއްގައި ބުނެފައި ވަނީ، މާދަމާ ގުރުއަތުލުން ބާއްވަނީ، 16 ނޮވެމްބަރު 2023ގައި ކުރިއަށް ގެންދިޔަ ގުރުއަތު ނެގުމުގައި ނުހިމެނޭ މީހުންނަށް ކަމަށެވެ.

އޭގެ ތެރޭގައި ހިމެނެނީ 73 އިން ފެށިގެން މަތިން މާކްސް ލިބި ދެ ކޮޓަރީގެ ފްލެޓް ލިބުމަށް ކަނޑައެޅުމަށްޓަކައި ގުރުއަތު ނުނަގާ މީހުންނާއި 76 އިން ފެށިގެން މަތިން މާކްސް ލިބިފައިވާ، ތިން ކޮޓަރީގެ ފްލެޓް ކަނޑައެޅުމަށްޓަކައި ގުރުއަތު ނަގާފައިނުވާ މީހުންނެވެ.

އަދި ދެމަފިރިންނަށް ވަކިން ފްލެޓް ލިބޭ ހާލަތުގައި ދެމަފިރިންގެ ތެރެއިން އެކަކު ފްލެޓް ދޫކޮށްލުމަށް ފަހު ފްލެޓް ލިބޭ އަދި ގުރުއަތު ނަގާފައި ނުވާ މީހުންގުރުއަތު ނަގަން ވެސް ހަމަޖެހިފައިވެއެވެ.

މާދަމާ 15:00 އިން ފެށިގެން ހައުސިން މިނިސްޓްރީގައި ކުރިއްދާ ގުރުއަތުލާ މަންޒަރު ޕީއެސްއެމް އިން ލައިވްކުރާނެއެވެ.

ކުރިން ގުރުއަތު ނެގި ފްލެޓްތައް ހަވާލުކުރުމުގެ އެންމެ ފަހުގެ މަސައްކަތްތައް ފަހި ދިރިއުޅުން ކޯޕަރޭޝަނުން އަންނަނީ ކުރަމުންނެވެ.

ގުޅުންހުރި ލިޔުންތައް