- Advertisement -spot_img

ރާއްޖޭގައި އެޗްއައިވީ ޖެހިފައިވާ 52 މީހަކު އެބަތިބި: ގީލާ

ރާއްޖޭގައި އެޗްއައިވީ ޖެހިފައިވާ 52 މީހަކު އެބަތިބި ކަމަށް ހެލްތު މިނިސްޓަރު ގީލާ އަލީ ވިދާޅުވެއްޖެއެވެ.

ދިވެހިރާއްޖޭގެ އަޑުން ރޭ ގެނެސްދިން “އަހާށޭ ބުނާނަން” ޕްރޮގްރާމުގައި މިނިސްޓަރު ވިދާޅުވީ ރާއްޖެއިން އެންމެ ފުރަތަމަ އެޗްއައިވީ ފެނުނީ 1991 ވަނަ އަހަރު ކަމަށެވެ.

އެ ދުވަހުން ފެށިގެން މިހާތަނަށް އެޗްއައިވީ ޖެހިގެން 76 މީހަކު ރިޕޯޓުކޮށްފައިވާ ކަމަށާއި އޭގެ ތެރެއިން މިވަގުތު ދުނިޔޭގައި ތިބީ 52 މީހުން ކަމަށް ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، އެޗްއައިވީން ރައްކާތެރިވުމަށް ހޭލުންތެރިކަން އިތުރުކުރަން ކުރެވުނު މަސައްކަތުގެ ނަތީޖާ ރަނގަޅު ކަމަށާއި މިހާރު އެ ބަލިން ރައްކާތެރިވުމުގެ ފިޔަވަޅުތައް އާންމުންނަށް ވަރަށް ބޮޑަށް ސާފުވެފައިވާ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ، އެޗްއައިވީ ޖެހިފައިވާ މީހުންނަށް ބޭނުންވާ ފަރުވާއާއި އެ ފަރާތްތަކުގެ އާއިލާތަކަށް ބޭނުންވާ ކައުންސިލިން ދިނުމާއި އެހެނިހެން އެހީތެރިކަން ސަރުކާރުން ފޯރުކޮށްދެމުން އަންނަ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ އެހެން ގައުމުތަކުގައި އެޗްއައިވީ ފެތުރިގެންދިޔަ މިންވަރަށް ރާއްޖޭގައި މި ބަލި ފެތުރިގެން ގޮސްފައިނުވާ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް