- Advertisement -spot_img

ޓްރީ ޓޮޕް ހޮސްޕިޓަލުން ދަތުގެ ފަރުވާތަކަށް ޚާއްޞަ ޕްރޮމޯޝަނެއް ބާއްވަނީ

ޓްރީ ޓޮޕް ހޮސްޕިޓަލުން، ދަތް އޮރތޮޑޮންޓިކްސް އަދި ޕްރޮސްތޮޑޮންޓިކްސްގެ ފަރުވާތަކުން %10 ގެ ޑިސްކައުންޓެއް ލިބޭ ޚާއްޞަ ޕްރޮމޯޝަނެއް އިޢުލާނުކޮށްފިއެވެ.

13 އިން 19 ސެޕްޓެމްބަރު 2026 ގެ ނިޔަލަށް ކުރިއަށްދާ މި ޕްރޮމޯޝަނަކީ ދަތުގެ ޚާއްޞަ ފަރުވާތައް ހެޔޮ އަގުގައި ހޯދުމަށް ބަލިމީހުންނަށް ލިބިގެންދާ ރަނގަޅު ފުރުޞަތެކެވެ.

އެއް ހަފުތާގެ މުއްދަތަށް ކުރިއަށްދާ މި ޕްރޮމޯޝަން ބޭއްވުމަށް ހަމަޖެހިފައިވަނީ ސްކޫލްތަކުގެ މިޑް-ޓާމް ބަންދާ ދިމާކޮށް ކަމަށްވުމުން، މިއީ އާއިލާތަކަށާއި ދަރިވަރުންނަށް ދަތުގެ ޚާއްޞަ ފަރުވާތައް ހޯދުމަށް ލިބޭ ލުޔެކެވެ.

މި ޕްރޮމޯޝަނާ ގުޅޭގޮތުން ޓްރީ ޓޮޕް ހޮސްޕިޓަލުގެ ސީ.އީ.އޯ ޑރ. ސްރިވަތުސަން ސްރީދަރު ޖީ. ވިދާޅުވީ، އަނގަޔާއި ދަތުގެ ދުޅަހެޔޮކަމަކީ އިންސާނާގެ ޖުމްލަ ޞިއްޙަތާ ގުޅިފައިވާ މުހިންމު ކަމެއް ކަމަށާއި، ދަތުގެ ޚާއްޞަ ފަރުވާތައް ބޭނުންވާ ވަގުތުގައި ލިބުމަކީ ބަލިމީހުންނަށް ލިބޭނެ ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމަށެވެ. އަދި މި ޕްރޮމޯޝަނުގެ މަޤްޞަދަކީ ދަތުގެ ޚާއްޞަ ފަރުވާތައް ގިނަ ބަޔަކަށް ފަސޭހައިން ލިބޭނެ މަގުފަހިކޮށްދީ، ދަތުގެ ދުޅަހެޔޮކަމަށް އާންމުން ދޭ ސަމާލުކަން އިތުރުކުރުން ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.

ދަތުގެ ފަރުވާތަކުން %10 ޑިސްކައުންޓް

• މި ޕްރޮމޯޝަންގެ ދަށުން ޑިސްކައުންޓް ލިބޭ ފަރުވާތަކަކީ:

• ސެރަމިކް ބްރޭސަސް

• މެޓަލް ބްރޭސަސް

• މެޓަލް-ފްރީ ޒިރްކޯނިއާ ކްރައުންސް

• ފްލެކްސް ސެމީ-ރިޖިޑް މޮނޯމަރ-ފްރީ ކޮމްޕްލީޓް ޑެންޗާސް

• ފްލެކްސް ސެމީ-ރިޖިޑް މޮނޯމަރ-ފްރީ ކޮމްޕްލީޓް ޑެންޗާސް – މަތީބައި

މި ޕްރޮމޯޝަންގައި ހިމެނެނީ ދަތްތައް އެތުރުމާއި ކަތިކޮށް ހުންނަ ދަތްތައް ރަނގަޅުކުރުމުގެ ފަރުވާ (އޯތޯޑޮންޓިކްސް) އާއި، ގެއްލިފައިވާ ދަތްތައް ޖެހުމާއި އަނގައިގެ ވަޒީފާ އާއި ރީތިކަން އިއާދަކުރުމުގެ ފަރުވާ (ޕްރޮސްތޮޑޮންޓިކްސް) އެވެ.

ޕްރޮމޯޝަންގެ މުއްދަތު ދިމާވަނީ ޕްރޮސްތޮޑޮންޓިސްޓް ޑރ. ޝަބީނާ އަދި އޯތޯޑޮންޓިސްޓް ޑރ. އާސިމްގެ ކޮންސަލްޓޭޝަން ގަޑިތަކާ ކަމަށްވުމުން، ބަލިމީހުންނަށް ޚާއްޞަ ޑޮކްޓަރުންގެ ލަފަޔާއި ފަރުވާގެ ރޭވުންތައް ފަސޭހަކަމާއެކު ހޯދޭނެއެވެ. މި ޑިސްކައުންޓް ލިބޭނީ ހަމައެކަނި ކަނޑައެޅިފައިވާ މުއްދަތުގައި ކުރިއަށްގެންދާ ފަރުވާތަކަށެވެ. އަދި ހުރިހާ ފަރުވާތަކެއްވެސް ކުރިއަށްގެންދެވޭނީ ޑޮކްޓަރަށް ދެއްކުމަށްފަހު، ޑޮކްޓަރުގެ ލަފާގެ މަތިންނެވެ.

މި ހަރަކާތަކީ އަނގައިގެ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކޮށް، ދަތުގެ ޚާއްޞަ ފަރުވާތައް އެކަށީގެންވާ ވަގުތުގައި ހޯދުމަށް ބާރުއެޅުމުގެ ގޮތުން ޓްރީ ޓޮޕް ހޮސްޕިޓަލުން ކުރިއަށްގެންދާ މަސައްކަތެކެވެ. ޕްރޮމޯޝަން ކުރިއަށްދާނީ 2026 ސެޕްޓެމްބަރު 13 އިން 19 އަށެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލަކީ ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ޞިއްޙީ ޚިދުމަތް ފޯރުކޮށްދޭ އެންމެ ކުރިއަރާފައިވާ އެއް ހޮސްޕިޓަލެވެ. ތަޖުރިބާކާރު މެޑިކަލް ޓީމަކާއި، ޒަމާނީ ވަސީލަތްތަކުގެ އެހީގައި ބަލިމީހުންނަށް ބޭނުންވާ އެންމެ ފުރިހަމަ ފަރުވާ ފޯރުކޮށްދިނުމަކީ މި ހޮސްޕިޓަލުގެ މައިގަނޑު އަމާޒެވެ. މުޖުތަމަޢުގެ ބޭނުންތަކަށް ރިޢާޔަތްކޮށް، ޚާއްޞަ ފަރުވާތަކާއި އައު ޚިދުމަތްތައް ތަޢާރަފުކުރުމަށް އެ ހޮސްޕިޓަލުން އަބަދުވެސް މަސައްކަތް ކުރެއެވެ.

ގުޅުންހުރި ލިޔުންތައް