ސްޓޭޓް ފާމާގެ ދަށުން ހިންގަމުންދާ ހުރިހާ ފާމަސީތަކެއްގައި ހުރި ބޭހުގެ ސްޓޮކް ވަގުތުން ބަލައިލެވޭނެ އައު ނިޒާމެއް ރަސްމީކޮށް ޤާއިމުކޮށްފިއެވެ.
މި އިންތިޒާމުގެ ސަބަބުން ކޮންމެ ފާމަސީއަކުން ވެސް ލިބެން ހުރި ބޭހުގެ ތަފުސީލު ވަގުތުން ދެނެގަތުމުގެ ފުރުސަތު ފަހިވެގެންދާނެއެވެ.
އައު ޚިދުމަތާ އެކު، ބޭސް ހޯދުމަށް ރައްޔިތުން ކުރަންޖެހޭ ދަތުރުތަކަށް ލުއިފަސޭހަކަން ލިބި، ވަކި ބޭހެއް އެ ވަގުތު ލިބެން ހުރި ފާމަސީތައް ފަސޭހަކަމާ އެކު ދެނެގަނެވޭނެ މަގު ވަނީ ތަނަވަސްވެފައެވެ. އެހެންކަމުން ބޭސް ހޯދުމުގައި އާންމުން އުފުލަންޖެހޭ ތަކުލީފުތަކަށް ބޮޑު ހައްލެއް ލިބިގެންދާނެއެވެ.