މޯލްޑިވިއަނުން އެއާބަސް މަރުކާގެ އިތުރު ބޯޓު ހޯދަން އިއުލާންކޮށްފިއެވެ.
ގައުމީ އެއާކލައިނުން ބުނީ A220-300 މަރުކާގެ ދެ ބޯޓު ގަންނަން ބޭނުންވާ ކަމަށާއި އޮޕަރޭޓިން ލީސްގެ ދަށުން ބޯޓު ފޯރުކޮށްދި ނުމަށް ޝަރުތުހަމަވާ ފަރާތްތަކުން މި މަހުގެ 28 އާ ހަމައަށް ޕްރޮޕޯސަލް ހުށައެޅުމުގެ ފުރުސަތު ހުޅުވާލައިވާ ކަމަށެފައެވެ.
މިކަމާ ގުޅޭ ގޮތުން އިތުރު މައުލޫމާތު މި މަހުގެ ވަނަ 15 ވަނަ ދުވަހުގެ މެންދުރު ފަހު 2:00 ގެ ކުރިން ހޯދަން ޖެހެއެވެ.
މޯލްޑިވިއަނުން ފްލީޓަށް އިތުރު ބޯޓުތައް ހޯދައި ފްލީޓް ބޮޑުކުރުމުގެ މަސައްކަތް ކުރަމުންން އަންނަ އިރު، ރާއްޖެ އިން ބޭރުގެ އެކޮ މަންޒިލްތަކަށް ކުރާ ދަތުރުތައް ވެސް އަންނަނީ އިތުރު ކުރަމުންނެވެ. އެގޮތުން މިހާރު 4 ޤައުމެއްގެ 7 މަންޒިލަކަށް ޝެޑިއުލް ދަތުރުތައް ބާއްވަ އެވެ. އެއީ، އިންޑިއާގެ ދެ ސިޓީއަކަށާއި ބަންގްލަދޭޝްގެ ޑާކާއަށާއި، ޗައިނާގެ ތިން ސިޓީއަކާއި އޮސްޓްރޭލިއާގެ މެލްބަންއަށެވެ.
ރާއްޖޭގައި އެންމެ ފުޅާކޮށް އެތެރޭގެ ވައިގެ ދަތުރުގެ ހިދުމަތް ވެސް ދެމުން އަންނަ މޯލްޑިވިއަން އަކީ އައިލޭންޑް އޭވިއޭޝަން ސާވިސެސް އިން ހިންގާ އެއާލައިނެކެވެ.



