- Advertisement -spot_img

ޑިސެމްބަރު ބޮޑު ޗުއްޓީގައި މޯލްޑިވިއަންގެ ހާއްސަ ދަތުރުތަކެއް ބެންކޮކަށް

އަންނަ ޑިސެންބަރު މަހުގެ ސްކޫލު ބަންދާ ދިމާކޮށް މޯލްޑިވިއަން އިން ހާއްސަ ދަތުރުތަކެއް ދިވެހިންގެ މެދުގައި މަގުބޫލު މަންޒިލެއް ކަމަށްވާ ތައިލެންޑުގެ ވެރިރަށް ބެންކޮކަށް ކުރަން ނިންމައިފިއެވެ.

އައިލެންޑް އޭވިއޭޝަނުން ބުނިގޮތުގައި ކުރިއަށް އޮތް މިޑްޓާމް ޗުއްޓީއާ ދިމާކޮށް، ކުރާ ހާއްސަ ދަތުރުތައް ބާއްވާނީ އަންނަ ޑިސެންބަރު މަހުގެ އަށަކުން ފެށިގެން ޖެނުއަރީ 19 އާ ހަމައަށެވެ. އެ ދަތުރުތައް އޮންނާނީ ކޮންމެ އަންގާރަ ދުވަހަކުއެވެ.

ޑިސެމްބަރު މަހުގައި އެމަހުގެ އަށްވަނަ ދުވަހާއި ފަނަރަ ވަނަ ދުވަހާއި، 22 ވަނަ ދުވަހުގެ އިތުރުން 29 ވަނަ ދުވަހު ދަތުރުތައް ބާއްވަން ހަމަޖެހިފައިވާއިރު، ޖެނުއަރީ މަހު ދަތުރުތައް އޮންނާނީ އެމަހުގެ ފަސްވަނަ ދުވަހާއި، 12 ވަނަ ދުވަހާއި 19 ވަނަ ދުވަހުއެވެ.

މި ދަތުރުތަކުގައި ލަގެޖުގެ ގޮތުގައި ކޮންމެ މީހަކަށް 25 ކިލޯގެ އެލަވަންސް ލިބޭއިރު، ދެކޮޅު ދަތުރުގެ އަގުތައް ފެށެނީ 530 ޑޮލަރުންނެވެ.

ސްކޫލު ބަންދާ ދިމާކޮށް މީގެ ކުރިން ވެސް މޯލްޑިވިއަން އިން ވަނީ ބެންކޮކަށް ދަތުރުތައް ކޮށްފަ އެވެ. އެއީ އެ ދުވަސްވަރު ދިވެހިން އެ ގައުމަށް ކުރާ ދަތުރުތަކުގެ ޑިމާންޑު އިތުރުވާތީ، އެކަމަށް ލުއިފަސޭހަކޮށްދިނުމުގެ ގޮތުން ފެށި ދަތުރުތަކެކެވެ.

ގުޅުންހުރި ލިޔުންތައް