- Advertisement -spot_img

ހޯރަފުށީގައި 6 ގެސްޓް ހައުސް ތަރައްގީކޮށް ހިންގަން ބީލަމަށް ހުޅުވާލައިފި

ހއ. ހޯރަފުށީގައި 6 ގެސްޓް ހައުސް ތަރައްގީކޮށް ހިންގާނެ ބަޔަކު ހޯދަން ބީލަމަށް ހުޅުވާލައިފިއެވެ.

ހޯރަފުށީ ކައުންސިލްގެ އިދާރާ އިން ގެޒެޓުގައި ޝާއިއުކުރި ބީލަމެއްގައި ބުނީ ހއ. ހޯރަފުށީ ޓޫރިޒަމް ޒޯނުގައި ޓޫރިސްޓް ގެސްޓް ހައުސް ކުއްޔަށް ދިނުމާއި، ތަރައްޤީކުރުމާއި، އަދި ހިންގުމަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލާ ކަމަށެވެ. މި މަޝްރޫޢުގެ ދަށުން ކައުންސިލްގެ އިޚްތިޞާޞްގެ ތެރޭގައި ހިމެނޭ ބިންތަކުގެ ތެރެއިން، ލޭންޑް ޔޫސް ޕްލޭނާ އެއްގޮތްވާ ގޮތުގެ މަތިން 6 ބިން ކައުންސިލުން ވަނީ ކަނޑައަޅާފައެވެ.

މި މަޝްރޫޢުގެ ދަށުން ޖުމްލަ 6 ގެސްޓްހައުސް ތަރައްޤީކުރުމަށް ވަނީ ހަމަޖެހިފައެވެ.

މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 01 އޮކްޓޫބަރު 2026 ވާ ދުވަހުގެ 11:00 ގެ ކުރިން ރަޖިސްޓްރީވެ، ބިޑް ޑޮކިއުމަންޓް ގަނެވޭނެއެވެ.

ރަޖިސްޓްރީވުމަށްޓަކައި، ޝައުޤުވެރިވާ ފަރާތްތަކުން ގޫގުލް ފޯމް ލިންކް ބޭނުންކުރެވޭނެއެވެ.

މި ބީލަމުގައި ބައިވެރިވުމަށް ބޭނުންވާ މާލީ އަދި ފަންނީ ޤާބިލުކަން ހުރި ޝައުޤުވެރިވާ ފަރާތްތަކުން، 12 އޮކްޓޫބަރު 2026 ވާ ދުވަހުގެ 11:00 އަށް ހޯރަފުށީ ކައުންސިލަށް ޕްރޮޕޯޒަލް ހުށަހެޅުމަށް ވަނީ ބުނެފައެވެ.

ރަޖިސްޓްރޭޝަން ލިންކް: https://forms.gle/GG6GtSZKU3wTD8ns9

ގުޅުންހުރި ލިޔުންތައް