ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ޗެއާމަންގެ މަގާމުގައި ހުންނެވި އަހުމަދު ޝަހީރު މަގާމުން ވަކިކޮށްފިއެވެ.
މައުލޫމާތު ލިބިފައިވާ އޭނަ މަގާމުން ވަކިކޮށްފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. ޝަހީރަކީ މި ސަރުކާރުގައި އެޗްޑީސީގެ ޗެއާމަންކަމުން ވަކިކުރި ތިންވަނަ ބޭފުޅާއެވެ.
އޭނަ އަކީ އެސްޓީއޯގައި 29 އަހަރު ހިދުމަތް ކުރައްވައި، 2015-2018 އަށް މެނޭޖިން ޑިރެކްޓަރުކަން ވެސް ކުރައްވާފައިވާ ބޭފުޅެކެވެ. އަދި އެޗްޑީސީއަށް ޝަހީރު ބަދަލު ކުރުމު ކުރިން ހުންނެވީ ފެނަކަ ކޯޕަރޭޝަންގެ ޗެއާމަންގެ މަގާމުގައެވެ.
އެޗްޑީސީގެ ޗެއާމަނަށް ޝަހީރު އައްޔަންކުރީ މިދިޔަ އަހަރުގެ މެއި 29 ގައެވެ.



