- Advertisement -spot_img

ސީއެމްޑީއޭގެ ސީއީއޯއަކަށް މުހައްމަދު އަހުމަދު އައްޔަންކޮށްފި

ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ (ސީއެމްޑީއޭ) ގެ ސީއީއޯގެ މަގާމަށް މުހައްމަދު އަހުމަދު ހަމަޖައްސައިފިއެވެ.

އޭނަ އަކީ ކުރިން ވެސް ސަރުކާރާއި އަމިއްލަ ކުންފުނިތަކުގައި އިސް މަގާމުތަކެއް ފުރުއްވި ބޭފުޅެކެވެ. އޭގެ ތެރޭގައި ފިނޭންސް މިނިސްޓްރީ އާއި ބޭންކް އޮފް މޯލްޑިވްސް އާއި ސޮލަރެލް އިންޝުއަރެންސް ފަދަ ތަންތަން ހިމެނެއެވެ.

މުހައްމަދަކީ އިނގިރޭސިވިލާތުގެ ޑާހަމް ޔުނިވަސިޓީން ބިޒްނެސް އެޑްމިނިސްޓްރޭޝަންގެ ދާއިރާ އިން މާސްޓާސްގެ އިތުރުން ބެއިރޫތުގެ އެމެރިކަން ޔުނިވަސިޓީން ބިޒްނެސް އެޑްމިނިސްޓްރޭޝަން ދާއިރާ އިން ބެޗްލާސް ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ.

ސީއެމްޑީއޭ އިން ބުނީ މުހައްމަދުގެ ލީޑަޝިޕާއި ތަޖުރިބާ އާއި ހުނަރާ އެކު އެތަނުގެ ހިންގުމަށާއި މަސައްކަތްތަކަށް ވަރަށް ބޮޑު ކުރިއެރުމެއް އަންނާނެ ކަމަށް ގަބޫލުކުރާ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް