- Advertisement -spot_img

ކަނޑުއޮތްގިރި ފިޝް ވިލެޖުގައި ހިކިމަސް ކާރުޚާނާއަކާއި އައިސް ޕްލާންޓެއް ހުޅުވައިފި

މޯލްޑިވްސް ފިޝަރީޒް ޕްރޮމޯޝަން ކޯޕަރޭޝަން (މިފްކޯ) އިން ކަނޑުއޮތްގިރި ފިޝް ވިލެޖުގައި ހިކިމަސް އުފައްދާ ކާރުޚާނާއަކާއި އައިސް ޕްލާންޓެއް ރަސްމީކޮށް ހުޅުވައިފިއެވެ.

ކަނޑުއޮތްގިރީގައި ބޭއްވުނު ޚާއްޞަ ރަސްމިއްޔާތެއްގައި މި ދެ ވަސީލަތް ހުޅުވައިދެއްވީ މިނިސްޓްރީ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް އޯޝަން ރިސޯސަސްގެ ސްޓޭޓް މިނިސްޓަރ މުޙައްމަދު މުއްޠަލިބެވެ. މި ރަސްމިއްޔާތުގައި މިފްކޯގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު އަނަސްގެ އިތުރުން، ފިޝަރީޒް މިނިސްޓްރީއާއި މިފްކޯގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

މިފްކޯއިން މަޢުލޫމާތު ދޭ ގޮތުގައި، މިއީ އެ ކުންފުނީގެ ލޯކަލް ޕްރޮޑަކްތައް ނުވަތަ ރާއްޖޭގެ އުފެއްދުންތައް ފުޅާދާއިރާއެއްގައި ބާޒާރަށް ނެރުމަށްޓަކައި އެޅުނު ވަރަށް މުހިންމު ފިޔަވަޅެކެވެ.

ޚާއްޞަކޮށް މާލެ ސަރަހައްދުގައި މިފަދަ ޚިދުމަތްތަކެއް ގާއިމުވެގެން ދިއުމަކީ، މާލެ ސަރަހައްދުގެ ފިހާރަތަކަށް މިފްކޯގެ އުފެއްދުންތައް ފޯރުކޮށްދިނުމުގައި މިހާރު ދިމާވާ ދަތިތަކަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމެކެވެ.

މި އައު ކާރުޚާނާއާއެކު، ތާޒާކަމާއެކު ހިކިމަހުގެ އުފެއްދުންތައް ތައްޔާރުކޮށް ބާޒާރަށް ނެރުމުގެ މަސައްކަތް މިފްކޯއިން އިތުރަށް ހަލުވިކުރާނެއެވެ. އަދި އައިސް ޕްލާންޓުގެ ސަބަބުން އެ ސަރަހައްދުގައި މަސްވެރިކަން ކުރާ ފަރާތްތަކަށް ބޭނުންވާ އައިސް ފަސޭހަކަމާއެކު ލިބޭނެ އިންތިޒާމުވެސް މިހާރު ވަނީ ހަމަޖެހިފައެވެ.

ގުޅުންހުރި ލިޔުންތައް