- Advertisement -spot_img

އެސްއެމްއީ ޑިޖިޓަލްއިން 360 ގެ ނަމުގައި ޚާއްސަ ކެމްޕެއިނެއް ފަށައިފި

ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ކުރިއެރުވުމުގައި އެސްއެމްއީ ޑިޖިޓަލް އިން އަދާކުރާ ދައުރަށް ހޭލުންތެރިކަން އިތުރު ކުރުމުގެ ގޮތުން އެސްއެމްއީ 360 ގެ ނަމުގައި ޚާއްސަ ކެމްޕެއިނެއް ފަށައިފިއެވެ.

މި ކެމްޕެއިން އިފްތިތާޙްކުރީ އައްޑޫގައި އިއްޔެ ފެށި އައްޑޫ ބިޒްނަސް ޑައިލޮގްގެ ތެރެއިންނެވެ.

މި ކެމްޕޭނާ ގުޅޭ ގޮތުން އެސްއެމްއީ ޑިޖިޓަލްގެ މެނޭޖިން ޑިރެކްޓަރު ބަދުރުއްދީން ޙަސަން ވިދާޅުވީ މިއީ އެސްއެމްއީ ޑިޖިޓަލްއިން ކުރަމުން އަންނަ މަސައްކަތްތަކަށް އާންމުން ހޭލުންތެރި ކުރުމަށް ކުރިއަށް ގެންދާ ކެމްޕެއިނެއް ކަމަށެވެ. އެގޮތުން ކެމްޕޭންގެ ތެރޭގައި އަލަށް ފަށާ ވިޔަފާރިތަކާއި، މިހާރު ހިންގަމުން އަންނަ ވިޔަފާރިތަކަށް އެސްއެމްއީ ޑިޖިޓަލް މެދުވެރިކޮށް އެހީތެރިކަން ފޯރުކޮށްދީ އަދި މާލީ އެހީދެވޭނެ ގޮތްތަކެއް ކިޔައިދެނޭ ކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުން އެސްއެމްއީ ޑިޖިޓަލްގެ މާލީ އެކި ޙައްލުތަކުގެ މައުލޫމާތު ކިޔައިދީ، ވިޔަފާރިތަކަށް އެންމެ އެކަށޭނަ ސްކީމްތަކާއި ގުޅޭ މައުލޫމާތު ކިޔައިދެވޭނެ ކަމަށް ވެސް ވިދާޅުވިއެވެ.

ކެމްޕެއިންގެ ތެރެއިން ސޯޝަލް މީޑީއާގެ އެކި މަންސަތައް މެދުވެރިކޮށް ހޭލުންތެރިކަން އިތުރު ކުރުމަށާއި، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުގެ ތަޖުރިބާ ހިއްސާކުރުމަށް ޚާއްސަ ޕޮޑްކާސްޓެއްވެސް ކުރިއަށް ގެންދާނެއެވެ.

”ވިޔަފާރީގެ ކޮންމެ ސްޓޭޖެއްގައި އެ ބޭފުޅުންގެ ބައިވެރިއެއްގެ ގޮތުގައި ތިބޭކަން ހާމަކޮށްދިނުން މީގެ ބޭނުމަކީ.“ ބަދުރުއްދީން ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް