މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) ގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި މުހައްމަދު ލަމްއާން އެ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.
އެނގިފައިވާ ގޮތުގައި ލަމްއާން އެ މަގާމުން އިސްތިއުފާ ދެއްވާފައިވަނީ މިއަދެވެ. އެމްއޭސީއެލްގެ އޮފިޝަލަކުވެސް ވަނީ އެކަން ކަށަވަރުކޮށްދެއްވައިފައެވެ.
މައުލޫމާތުދެއްވަމުން ލަމްއާން ވިދާޅުވީ އިސްތިއުފާދެއްވީ އެހެން ކުންފުންޏެއްގެ މަގާމަކަށް އައްޔަންކުރާތީ ކަމަށެވެ. ނަމަވެސް އެއީ ކޮން ކުންފުންޏަކަށް ކަމެއް އަދި ކޮން މަގާމަކަށް ކަމެއް ވިދާޅެއް ނުވެއެވެ.
އެމްއޭސީއެލްގެ ޑީއެމްޑީގެ މަގާމަށް ލަމްއާން އައްޔަންކުރެއްވީ 2024 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހުގައެވެ.



