- Advertisement -spot_img

ފެނަކައިގެ މެނޭޖިން ޑިރެކްޓަރަކަށް އަފީފު

ފެނަކަ ކޯޕަރޭޝަން ލިމިޓެޑް، ފެނަކައިގެ ޑިރެކްޓަރުންގެ ބޯޑުގެ މެމްބަރުކަމުގެ މަގާމަށާއި މެނޭޖިން ޑިރެކްޓަރުގެ މަގާމަށް މުހައްމަދު އަފީފު ހުސެއިން އައްޔަން ކުރައްވައިފިއެވެ.

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަންް ބޯޑު (ޕީސީބީ) އިން މިއަދު ބުނީ، ފެނަކައިގެ ބޯޑަށް އަދި އެމްޑީއަކަށް މއ. ވޭސްސައިޑް، 304 ފްލެޓް، މުޙައްމަދު އަފީފު އައްޔަން ކުރައްވާފައިވަނީ މިއަދު ކަމަށެވެ.

މުހައްމަދު އަފީފް ހުސައިންއަކީ ޝަރީޢާގެ ދާއިރާއިން މާސްޓާސް ޑިގްރީ ހާސިލުކުރައްވާފައިވާ، އަދި ސިންގަޕޫރު މެނޭޖްމަންޓް ޔުނިވާސިޓީން ބޯޑް އެގްޒެކެޓިވް ސެޓްފިކެޓް އިން ޑައިރެކްޓާޝިޕް ފުރިހަމަކުރައްވާފައިވާ ބޭފުޅެކެވެ.

އަފީފަކީ، ދައުލަތަށް 40 އަހަރު ހިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ.

އޭނާ އެންމެ ފަހުން ހުންނެވީ އެމްޓީސީސީގެ ޗެއާމަން ކަމުގައެވެ. މީގެ ކުރިން އަފީފް ވަނީ ސްޓެލްކޯ އާއި ފެނަކަ ކޯޕަރޭޝަންގެ ޗެއާމަންކަންވެސް ކުރައްވާފައެވެ.

ގުޅުންހުރި ލިޔުންތައް