- Advertisement -spot_img

ރަށްރަށުގެ ފެރީގެ ޚިދުމަތް ފޯރުކޮށްދޭ ފަރާތްތަކަށް އެސްޓީއޯ އިން ވިއްކާ ތެލުގެ އަގު ހެޔޮކޮށްފި

ރަށްރަށަށް ފެރީގެ ޚިދުމަތް ފޯރުކޮށްދޭ ފަރާތްތަކަށް ކުރިއެކޭ އެއް ރޭޓެއްގައި ތެޔޮ ލިބޭނެގޮތް އެސްޓީއޯއިން ހަމަޖައްސައިފިއެވެ.

އެސްޓީއޯ އިން މި ބަދަލު ގެނައީ މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން އެ ކުންފުނިން ބައެއް ފަރާތްތަކަށް ވިއްކާ ތެލުގެ އަގަށް ގެނައި ބަދަލާ ގުޅިގެން ބައެއް ފަރާތްތަކުގެ ކަންބޮޑުވުން ހުރުމުން އެކަމަށް ހައްލެއް ގެނައުމުގެ ގޮތުންނެވެ.

އެސްޓީއޯއިން މިރޭ ނެރުނު ބަޔާނެއްގައި ވަނީ ޕަބްލިކް ފެރީއާއި ދަތުރުފަތުރުގެ ހިދުމަތް ފޯރުކޮށްދޭ ފަރާތްތަކުގެ އިތުރުން އެސްޓީއޯއިން ގަނެގެން ރަށްރަށުގައި ހުރި ޝެޑްތަކަށް ވެސް ކުރީގެ ރޭޓުގައި ޕެޓްރޯލާއި ޑީސަލް ލިބޭނެ އިންތިޒާމު ހަމަޖައްސަމުންދާ ކަމަށެވެ.

މީގެ އިތުރުން މަސްވެރިންނަށް ވެސް ފަހި ހަކަތަ ޕްރޮގްރާމްގެ ތެރެއިން ކުރިއެކޭ އެއްގޮތަށް ސަބްސިޑައިޒްކުރެވިފައިވާ ރޭޓެއްގައި ތެޔޮ ލިބޭނެ ކަމަށް އެސްޓީއޯއިން ބުންޏެވެ.

މި ބަދަލުތައް މި ގެނެވުނީ އާންމުންނަށް މާލީ ގޮތުން ބުރައަކަށް ނުވާނެ ގޮތަށް ޕެޓްރޯލް އަދި ޑީސަލް ލިބޭނެ އިންތިޒާމުތައް ހަމަޖައްސައިދިނުމަށް ކަމަށް އެ ކުންފުނިން ބުންޏެވެ.

މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ދުނިޔޭގައި ވަނީ އިންތިހާ ދަރަޖައަށް ތެލުގެ އަގު އުފުލިފައެވެ. ރައްޔިތުންނަށް ތަކުލީފުވާ ވަރަށް ތެލުގެ އަގު ބޮޑުވިޔަނުދިނުމަށް އެސްޓީއޯ އިން އަންނަނީ ހަރުދަނާ ފިޔަވަޅުތަކެއް އަޅަމުންނެވެ.

ގުޅުންހުރި ލިޔުންތައް