އެމްޕީއެލްގެ ޑެޕިއުޓީ ސީއީއޯއަކަށް އިބްރާހިމް ޒިޔަތު އައްޔަންކޮށްފިއެވެ.
އެމްޕީއެލްގެ ޑެޕިއުޓީ ސީއީއޯގެ މަގާމުގެ އިތުރުން އެ ކުންފުނީގެ ބޯޑަށް ވެސް ޒިޔަތު ވަނީ އައްޔަންކޮށްފަ އެވެ. އެޕީއެލްގައި މިވަގުތު ޒިޔަތާ އެކު ތިން ޑެޕިއުޓީ ސީއީއޯ އިން ތިއްބަވައެވެ.
އޭނާ ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އެމްޓީސީސީގެ ސީއީއޯކަން ކުރައްވާފައެވެ.
ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން މާސްޓާސް ހައްދަވާފައިވާ ޒިޔަތު ވަނީ އެސްޓީއޯގައި 15 އަހަރު ހިދުމަތް ކުރައްވާފައެވެ.



