ހޯމަ, ސެޕްޓެމްބަރ 22, 2025
spot_img
- Advertisement -spot_img

ދިވެހި ގައުމީ ފުޓްބޯޅަ ޓީމު ލަންކާ އަށް ފުރައިފި

އެކުވެރިކަމުގެ ދެ މެޗު ކުޅުމަށް ދިވެހި ގައުމީ ފުޓްބޯޅަ ޓީމު މިއަދު ހެނދުނު ލަންކާއަށް ފުރައިފިއެވެ.

މުހައްމަދު ޝިޔާޒް (މޯހަން)ގެ ކޯޗުކަމުގައި ގައުމީ ފުޓްބޯޅަ ޓީމުން ލަންކާއާ ދެކޮޅަށް ކޮލަމްބޯގައި ކުޅޭ ދެ މެޗު އޮތީ މި މަހުގެ ހަ ވަނަ ދުވަހާއި ނުވަ ވަނަ ދުވަހު އެވެ. ދެ މެޗު ވެސް ކުޅޭނީ ކޮލަމްބޯގެ ރޭސްކޯސް ދަނޑުގައެވެ.

މިއަދު ހެނދުނު ޓީމު ފުރިއިރު ކުޅިވަރާއި ހަށިހެޔޮކަމާއިބެހޭ ވަޒީރު އަބުދުﷲ ރާފިޢު އާއި އޭފްއޭއެމްގެ ރައީސް އަހުމަދު ޠާރިޤް އާއި އެފްއޭއެމްގެ އިސްވެރިން ވަނީ މާލޭ ބަސް ޓާމިނަލުން ޓީމާއި ބައްދަލުކުރައްވާ ކާމިޔާބީއަށް އެދިވަޑައިގެން ހިއްވަރު ދެއްވާފައެވެ.

ދިވެހި ގައުމީ ފުޓްބޯޅަ ޓީމު ލަންކާ އަށް ފުރުން | ފޮޓޯ: ކުޅިވަރާއި ހަށިހެޔޮކަމާއިބެހޭ ވުޒާރާ

މި މެޗާބެހޭ ގޮތުން ވާހަކަ ދައްކަމުން، ގައުމީ ޓީމުގެ ކޯޗު، މުހައްމަދު ޝިޔާޒް، މޯހަން ބުނީ، ލަންކާ މެޗަކީ ޕަބްލިކްގައި ރާއްޖޭގެ ފުޓްބޯޅައިގެ އިމޭޖް ރީތި ކުރަން ލިބޭ ފުރުސަތެއް ކަމަށެވެ.

ދިވެހި ގައުމީ ފުޓްބޯޅަ ޓީމު ލަންކާ އަށް ފުރުން | ފޮޓޯ: ކުޅިވަރާއި ހަށިހެޔޮކަމާއިބެހޭ ވުޒާރާ

”މި ވަގުތު އަޅުގަނޑު ހަމަ ހުރިހާ ވިސްނުމެއް ވެސް ހުރީ މި ދެ މެޗަށް، މި ދެ މެޗުން އަޅުގަނޑުމެން ރަނގަޅު ނަތީޖާއެއް ނެރެގެން ނޫނީ މިހާރު ފުޓްބޯޅަ މި އިން ހާލަތުން ކުރިއެރުމުގެ ޕަބްލިކްގެ އެ އިމޭޖް އަޅުގަނޑުމެން ރަނގަޅުކުރަން މި މަސައްކަތް ކުރަން ޖެހެނީ، އެކަމަށް މި މެޗަކީ ވަރަށް މުހިންމު ދެ މެޗު،“ މޯހަން ބުންޏެވެ.

ރާއްޖޭގެ އެތައް ބައެއްގެ ލޯބި ލިބިފައިވާ އަދި މި ސަރަހައްދުގައި ފާހަގަކޮށްލެވޭ ދިވެހި ޤައުމީ ފުޓްބޯޅަ ޓީމުގެ ކުޅުން މިފަހުން ވަނީ ވަރަށް ބޮޑު ތަނުން ދަށްވެފައެވެ. އެފްއޭއެމް ތެރޭގައި ހިންގި ކޮރަޕްޝަންގެ އަމަލުތަކުގެ ސަބަބުން، އެ އެސޯސިއޭޝަން ހިންގަންތިބ ފަރާތްތަކަށް އެއްވެސް ވަރަކަށް ދިވެހ ފުޓުބޯޅަ ކުރިއެރުވިފައެއް ނުވެއެވެ. މިފަހުން އެސޯސިއޭޝަންގެ ރައީސްކަމަށް މުޙައްމަދު ތޯރިޤް ހަވާލުވި ފަހުން ކަންކަން ރަނގަޅު ކުރުމަށް ގިނަ މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ.

ގުޅުންހުރި ލިޔުންތައް