އަންގާރަ, ސެޕްޓެމްބަރ 23, 2025
spot_img
- Advertisement -spot_img

މަޖިލިސް މެމްބަރުންގެ މާލީ ބަޔާންތައް ހުށަހަޅަން ފަށައިފި

ރައްޔިތުންގެ މަޖިލިސް މެމްބަރުންގެ މާލީ ބަޔާންތައް ހުށަހަޅަން ފަށައިފިއެވެ.

މަޖިލީހުގެ ވެބްސައިޓުން ގިނަ މެމްބަރުންގެ މާލީ ބަޔާންތައް މިހާރު ވަނީ އާއްމުކޮށްފައެވެ. މަޖިލީހުގެ ގަވާއިދުގައި ވާގޮތުގެ މަތިން މެމްބަރުކަމުގެ ހުވާ ކުރާތާ އަހަރު ދުވަސް ހަމަވުމުން މާލީ ބަޔާން އާއްމުކުރަން ޖެހޭނެއެވެ.

މެއި 28 ވަނަ ދުވަހަށް އެއް އަހަރު ފުރުމުން އޮގަސްޓް މަހުގެ 31 ވަނަ ދުވަހުގެ ކުރިން މާލީ ބަޔާން ހުށަހަޅަން ޖެހޭނެއެވެ.

މާލީ ބަޔާން އާންމު ނުކުރާ މެމްބަރުންނަށް 15 ދުވަސް ތެރޭގައި މާލީ ބަޔާން އާއްމުކުރަން އެންގުމަށްފަހު މާލީ ބަޔާން ހުށަނާޅާނަމަ މަޖިލިސް ޖަލްސާގައި އެ މެމްބަރެއްގެ ނަން އިއްވާނެ ކަމަށް މަޖިލީހުގެ އިދާރާއިން ވަނީ ބުނެފައެވެ.

މަޖިލީހުގެ މެމްބަރުންގެ މާލީ ބަޔާންތަކަށް ބަލާއިރު ބައެއް މެމްބަރުންގެ އެކައުންޓްތަކުގައި އެއްމިލިއަން ރުފިޔާ އިން މަތިން ފައިސާ ޖަމާވެފައި ހުރިއިރު އަނެއްބައި މެމްބަރުންގެ އެކައުންޓްތަކުގައި 100 ރުފިޔާއަށް ވުރެ މަދުން ހުރިކަން ވެސް ފާހަގަކޮށްލެވެއެވެ.

މަޖިލީހުގެ މެންބަރުން މަގާމުގެ ހުވާކުރާ ތާރީހުން ފެށިގެން ތިން މަސް ދުވަސް ތެރޭގައި ފުރަތަމަ މާލީ ބަޔާން ހުށަހަޅަން ޖެހޭ ގޮތަށް މަޖިލީހުގެ ގަވާއިދު ބަދަލުކުރީ މިދިޔަ އަހަރުގައެވެ. މަޖިލީހުގެ ކައުންސެލް ޖެނެރަލްގެ ފަރާތުން ހުށަހެޅުއްވި އެ ހުށަހެޅުއްވުމަށް ގިނަ މެންބަރުން އޭރު ތާއީދުކުރައްވާ، އެއީ އެންމެ ނަޒާހާތްތެރި ގޮތް ކަމަށް ގިނަ މެމްބަރުން ވަނީ ވިދާޅުވެފައެވެ.

ގުޅުންހުރި ލިޔުންތައް