ހޯމަ, ސެޕްޓެމްބަރ 22, 2025
spot_img
- Advertisement -spot_img

ނެއްލައިދޫގައި 60 ހައުސިންގ ޔުނިޓު އެޅުމުގެ މަސައްކަތް އެޗްޑީސީއާއި ހަވާލުކޮށްފި

ހދ ނެއްލައިދޫގައި 60 ހައުސިންގ ޔުނިޓު އެޅުމުގެ މަޝްރޫއު ކޮންޓްރެކްޓަރާއި ހަވާލުކޮށްފިއެވެ.

މި މަޝްރޫއު ކޮންޓްރެކްޓަރާއި ހަވާލުކޮށްފައިވަނީ ރައީސް ޑރ މުހައްމަދު މުއިއްޒު މިހާރު ހދ ގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން މިއަދު ނެއްލައިދޫއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގެ ތެރެއިންނެވެ.

ނެއްލައިދޫގައި 60 ހައުސިންގ ޔުނިޓު އެޅުމުގެ މަސައްކަތް އެޗްޑީސީއާއި ހަވާލުކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން | ފޮޓޯ: ރައީސް އޮފީސް

އެގޮތުން މި މަޝްރޫއު ސަރުކާރުން ހަވާލުކުރީ ހައުސިންގ ޑިޗެލޮޕްމެންޓު ކޯޕަރޭޝަން، އާރްޑީސީއާއިއެވެ. އާރްޑީސީއާއި މި މަސައްކަތް ހަވާލުކުރުމަށްޓަކައި އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ މިނިސްޓަރ ޑރ. ޢަބްދުﷲ މުއްޠަލިބްއެވެ. އަދި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ ބްރިގޭޑިޔަރ ޖެނެރަލް (ރިޓަޔަރޑް) ޢަލީ ޒުހައިރުއެވެ.

މި މަޝްރޫއުއަކީ ރައީސް ޑރ މުހައްމަދު މުއިއްޒުގެ ބޯހިޔާވަހިކަމުގެ ވައުދުފުޅުގެ ތެރެއިން މުޅި ރާއްޖޭގައި ހިންގާ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުގެ ތެރެއިން ހިންގާ މަޝްރޫއެކެވެ.

މި މަޝްރޫއުގެ އަމަލީ މަސައްކަތް ދާދި އަވަހަށް ފެށިގެންދާނެ ކަމަށް ރައީސް ޑރ މުހައްމަދު މުއިއްޒު މިއަދު އެރަށުގެ ރައްޔިތުންނާއި ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ވަނީ ހާމަކުރައްވާފައި އެވެ.

ގުޅުންހުރި ލިޔުންތައް