ހޯމަ, ސެޕްޓެމްބަރ 22, 2025
spot_img
- Advertisement -spot_img

އިނގިރޭސި ޕްރިމިއާ ލީގު: ލީޑްސް އަތުން އާސެނަލަށް ފަސްތަރީގެ މޮޅެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލީޑްސް ޔުނައިޓެޑްގެ މައްޗަށް 5-0 އިން އާސެނަލުން ކުރި ހޯދައިފިއެވެ.

ލީގުގައި ކުޅުނު ފުރަތަމަ މެޗުގައި މިދިޔަ ހަފްތާގައި އާސެނަލުން ވަނީ 1-0 އިން މެންޗެސްޓާ ޔުނައިޓެޑް ބަލިކޮށްފައެވެ. ލީޑްސް ވަނީ އަމިއްލަ ދަނޑުގައި 1-0 އިން އެވަޓަންގެ މައްޗަށް ކުރި ހޯދާފައެވެ.

މި ސީޒަންގައި އާސެނަލްގެ ދަނޑުގައި ކުޅުނު ފުރަތަމަ މެޗުގެ ކުރިން ވަނީ ކްރިސްޓަލް ޕެލެސް އިން އާސެނަލްއާ ގުޅުނު އިނގިރޭސި މިޑްފީލްޑަރު، އެބްރެޗީ އެޒޭ ރަސްމީކޮށް ސަޕޯޓަރުންނަށް ދައްކާލާފައެވެ.

މި މެޗުގައި ފެނިގެންދިޔަ ފުރަތަމަ ގޯލު މެޗުގެ 34 ވަނަ މިނެޓްގައި އާސެނަލަށް ކާމިޔާބުކޮށްދިނީ ޑފެންޑަރު ޖުރިއަން ޓިމްބާއެވެ. މިއީ ޑެކްލަން ރައިސް ނެގި ކޯނަރަކުން ޓިމްބާ ކާމިޔާބުކުރި ގޯލެކެވެ. އަދި ފުރަތަމަ ހާފްގެ ފަހު ވަގުތުކޮޅުތެރޭ ބުކާޔޯ ސަކާ ވަނީ އާސެނަލްގެ ދެވަނަ ގޯލު ކާމިޔާބުކޮށްދީފައެވެ.

ދެވަނަ ހާފްގެ ކުރީކޮޅު އާސެނަލްގެ ތިންވަނަ ގޯލު ކާމިޔާބުކޮށްދިނީ މި ސީޒަނުގައި އެޓީމާ އަލަށް ގުޅުނު ސްވިޑެންގެ ފޯވާޑް، ވިކްޓަ ޔޮކަރޭސްއެވެ. އާސެނަލްގެ ހަތަރުވަނަ ގޯލު މެޗުގެ 56 ވަނަ މިނެޓްގައި ޓިމްބާ ކާމިޔާބުކޮށްދިން އިރު، އެޓީމުގެ ފަހު ގޯލު ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ ވެސް ޔޮކަރޭސްއެވެ.

ލީގުގައި ރޭ ކުޅުނު އެހެން މެޗުތަކަށް ބަލާއިރު، ބްރެންޓްފޯޑުން ވަނީ 1-0 އިން އެސްޓަންވިލާ ބަލިކޮށްފަ އެވެ. ބޯންމަތް އިން 1-0 އިން ވުލްވްސް ބަލިކުރިއިރު، ބާންލީ އިން ވަނީ 2-0 އިން ސަންޑަލޭންޑްގެ މައްޗަށް ކުރި ހޯދައިފަ އެވެ.

ގުޅުންހުރި ލިޔުންތައް