ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް ޓާޝަރީ ފެންވަރަށް އަޕްގްރޭޑްކުރުމަށް ބޭނުންވާ ޢިމާރާތް ޑިޒައިންކުރުމުގެ މަސައްކަތުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގައި ހެލްތު މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ހެލްތުގެ ނައިބު އަޙުމަދު ހަމްދާން ނާސިރު އަދި މި މަސައްކަތް ހަވާލުކުރެވޭ ޗާޓަރ އިންޖިނީއަރިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ޢަބްދުލްއަޒީޒް ޙަސަންއެވެ.
އަރިހުގައި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ ސީއީއޯ ނާޒިމާ ޢަލީ ބައިވެރިވެވަޑައިގެންނެވިއެވެ.
100 ދުވަހުގެ ތެރޭގައި ނިންމުމަށް ހަވާލުކުރި މި މަސައްކަތުގެ އަގަކީ 917،484 ރުފިޔާއެވެ.