ހޯމަ, ސެޕްޓެމްބަރ 22, 2025
spot_img
- Advertisement -spot_img

އއ.އަތޮޅު ތަޢުލީމީ މަރުކަޒުގެ އައު އިމާރާތުގެ މަސައްކަތް އެމްޓީސީސީ އާއި ހަވާލުކޮށްފި

އއ. އަތޮޅު ތަޢުލީމީ މަރުކަޒުގެ 3 ބުރީގެ އައު އިމާރާތުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮންޕެނީ (އެމްޓީސީސީ) އިއްޔެ ހަވާލުކޮށްފިއެވެ.

މި މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު އއ.އަތޮޅުގެ ރަށްތަކަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން، އެ އަތޮޅު ރަސްދޫގެ ރައްޔިތުންނާ ބައްދަލުކުރެއްވުމުގެ ރަސްމިއްޔާތުގައެވެ.

އއ.އަތޮޅު ތަޢުލީމީ މަރުކަޒުގެ އައު އިމާރާތުގެ މަސައްކަތް އެމްޓީސީސީ އާއި ހަވާލުކުރުން | ފޮޓޯ: ރައީސް އޮފީސް

މި އެއްބަސްވުމުގައި ތަޢުލީމީ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ އެ ވުޒާރާގެ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ސަޢުދީއެވެ.

ރަސްދޫ ރައްޔިތުންނާ ބައްދަލުކުރަށްވާ ވާހަކަފުޅު ދައްކަވަމުން ރައީސް ފާހަގަކުރެއްވި ގޮތުގައި މި އައު އިމާރާތުގެ މަޝްރޫޢުގެ ތެރެއިން އއ. އަތޮޅު ތަޢުލީމީ މަރުކަޒުގައި ކޮމްޕިއުޓަރ ލެބަކާއި، ޕްރެޔަރ ރޫމްއެއް އަދި ލައިބްރަރީއެއް ޤާއިމްކުރެވިގެންދާނެއެވެ.

”މިހާރު ހިނގަމުންދާ މަޝްރޫޢުގެ އިތުރަށް، ރަށަށް ކޮންމެހެން ބޭނުންވާ އެއް މަޝްރޫޢު މިއީ، ސްކޫލް މަޝްރޫޢު. މި މަޝްރޫޢުގެ ތެރެއިން ސްކިލް ލެބަރ، ކޮމްޕިއުޓަރ ލެބް، ޕްރެޔަރ ރޫމް އަދި ލައިބްރަރީ ހިމެނިގެންދާނެ. އެހެންވީމާ މި ވަސީލަތްތައް ސްކޫލަށް އިތުރުވެގެންދާނެ،“ ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން އއ. ތޮއްޑޫގެ ދެކުނު ފަރާތުގައި ފާލަން ތަރައްޤީކުރުމުގެ މަޝްރޫޢު ވެސް އިއްޔެ ވަނީ އެ ކުންފުންޏާއި ހަވާލުކޮށްފައެވެ.

ގުޅުންހުރި ލިޔުންތައް