އަންގާރަ, ސެޕްޓެމްބަރ 23, 2025
spot_img
- Advertisement -spot_img

ގްލޯބަލް ސްމާޓް އެޑިޔުކޭޝަން ކޮންފަރެންސްގައި ވަޒީރު ޑރ. ހައިދަރު ބައިވެރިވަޑައިގަންނަވައިފި

މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުވެރިކަން ތަރައްޤީކުރުމާއި ބެހޭ ވުޒާރާގެ ވަޒީރު، ޑރ. ޢަލީ ހައިދަރު އަޙްމަދު ވަނީ ޗައިނާގައި ކުރިއަށްދާ 2025 ވަނަ އަހަރުގެ ގްލޯބަލް ސްމާޓް އެޑިޔުކޭޝަން (ޖީ.އެސް.އީ) ކޮންފެރެންސްގައި ބައިވެރިވެވަޑައިގަންނަވައިފައެވެ.

ގްލޯބަލް ސްމާޓް އެޑިޔުކޭޝަން (ޖީ.އެސް.އީ) ކޮންފެރެންސް އަކީ 2020 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ވެސް ދިރާސާކުރުމާއި، ޕޮލިސީތަކާއި ގުޅޭގޮތުން މަޝްވަރާކުރުމާއި، ”ސްމާޓް އެޑިޔުކޭޝަން“ގެ ދަށުން ތަޢުލީމީ ދާއިރާ ކުރިއެރުވުމަށް ކުރެވިދާނެ މަސައްކަތްތަކާއި ގުޅޭގޮތުން މަޝްވަރާކުރުމަށް ބައިނަލްއަޤްވާމީ ފެންވަރުގައި ބޭއްވޭ ކޮންފަރެންސެކެވެ.

ގްލޯބަލް ސްމާޓް އެޑިޔުކޭޝަން ކޮންފަރެންސްގައި ވަޒީރު ޑރ. ހައިދަރު | ފޮޓޯ: މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުވެރިކަން ތަރައްޤީކުރުމާއި ބެހޭ ވުޒާރާ
ގްލޯބަލް ސްމާޓް އެޑިޔުކޭޝަން ކޮންފަރެންސްގައި ވަޒީރު ޑރ. ހައިދަރު | ފޮޓޯ: މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުވެރިކަން ތަރައްޤީކުރުމާއި ބެހޭ ވުޒާރާ

މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުވެރިކަން ތަރައްޤީކުރުމާއި ބެހޭ ވުޒާރާގެ ވަޒީރު، ޑރ. ހައިދަރު ވަނީ ”ޑިޖިޓަލް އެޑިޔުކޭޝަން ޓު އެމްޕަވަރ އެންޑް އެނަރޖައިޒް“ މި ކޮންފެރެންސްގައި ޚިތާބު ދެއްވަވައިފައެވެ. މި ޚިތާބުގައި އެމަކިނުކުފާނު ވަނީ ތަޢުލީމީ ދާއިރާގައި ޑިޖިޓަލް ވަޞީލަތްތަށް ބޭނުންކުރުމަކީ ދަރިވަރުންނަށް ކުރިއެރުން ލިބުމާއި ތަޢުލީމީ ދާއިރާ ދިރުވައިދޭ އިންގިލާބީ ބަދަލެއް ގެނައުމަށް ކުރެވޭ ވަޞީލަތްތަކެއްކަން ފާހަގަކުރައްވައިފައެވެ.

ގުޅުންހުރި ލިޔުންތައް