ހޯމަ, ސެޕްޓެމްބަރ 22, 2025
spot_img
- Advertisement -spot_img

ޕާކިސްތާނުގައި ފެންބޮޑުވެ ގިނަ ބަޔަކު މަރުވީ ޙާދިސާއާ ގުޅިގެން ރައީސް ތަޢުޒިޔާ ވިދާޅުވެއްޖެ

ޕާކިސްތާނަށް ކުރަމުންދާ ބޯ ވިއްސާރައިގެ ސަބަބުން ހިނގި ފެންބޮޑުވުންތަކުގައި ގިނަ ބަޔަކު މަރުވެ، ބޮޑެތި ގެއްލުންތަކެއް ލިބިފައިވާތީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހިތާމަ ފާޅުކުރައްވައި، ތަޢުޒިޔާ ވިދާޅުވެއްޖެއެވެ.

ސޯޝަލް މީޑީޔާގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ، މި ހިތާމަވެރި ހާދިސާގައި މަރުވެފައިވާ ފަރާތްތަކުގެ ޢާއިލާތަކަށާއި، މި ކާރިސާގެ ސަބަބުން ގެއްލުން ލިބިފައިވާ އެންމެހާ ފަރާތްތަކަށް، ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި ތަޢުޒިޔާ ދަންނަވާ ކަމަށެވެ.

އަދި މި ދަނޑިވަޅުގައި، ރާއްޖޭގެ އެކުވެރި ޕާކިސްތާނުގެ ސަރުކާރާއި ރައްޔިތުންނާއެކު ދިވެހިރާއްޖެ ވާނެކަން ދިވެހި ސަރުކާރުން ޔަގީންކޮށްދޭ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް އެފަދައިން ވިދާޅުވިއިރު، ޕާކިސްތާނުގެ އެކި ސަރަހައްދުތަކަށް ކުރަމުންދާ ބޯ ވިއްސާރައާއި ފެންބޮޑުވުމުގެ ސަބަބުން، އެ ޤައުމުގެ ގިނަ ސަރަހައްދުތަކަކަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. އެގޮތުން އެ ކާރިސާގައި 300 އަށް ވުރެ ގިނަ މީހުން މަރުވެ، އެތައް ބައެއްގެ ގެދޮރު ވަނީ ގެއްލިފައެވެ.

ގުޅުންހުރި ލިޔުންތައް