އަންގާރަ, ސެޕްޓެމްބަރ 23, 2025
spot_img
- Advertisement -spot_img

ކުޅިވަރު ދާއިރާގައި މަސައްކަތްކުރާ މެޑިކަލް އޮފިސަރުންނަށް ހާއްސަކޮށްގެން ސްޓޭންޑާޑް ފަސްޓް އެއިޑް ކޯހެއް ހިންގައިފި

ކުޅިވަރާއި ގުޅުންހުރި އެކި ދާއިރާއިން ޒުވާނުން ތަމްރީނުކޮށް، ކުރިއެރުވުމުގެ ގޮތުން މިނިސްޓްރީ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަނުން ރާވާ ހިންގާ ޕްރޮގްރާމްތަކުގެ ތެރެއިން، ސްޓޭންޑާޑް ފަސްޓް އެއިޑް ކޯހެއް ފަށައިފިއެވެ.

ސްޕޯޓްސް މިނިސްޓްރީގެ ބެލެނިވެރިކަމުގެ ދަށުން ހިންގަމުން އަންނަ، މޯލްޑިވްސް ނޭޝަނަލް އިންސްޓިޓިއުޓް އޮފް ސްޕޯޓްސް (އެމްއެންއައިއެސް) އިން މިމަހުގެ 12 އިން ފެށިގެން އޮގަސްޓް 14ގެ ނިޔަލަށް ކުރިއަށް ގެންދިޔަ މި ކޯހުގައި 33 ބައިވެރިންވަނީ ބައިވެރިވެފައެވެ.

ސްޓޭންޑާޑް ފަސްޓް އެއިޑް ކޯހުގެ ބައިވެރިނަނަށް ސެޓްފިކެޓް ހަވާލުކޮށްދެއްވަނީ | ފޮޓޯ: ސްޕޯޓްސް މިނިސްޓްރީ

ކޯސް ހުޅުވުމުގެ ރަސްމިއްޔާތުގައި ޑެޕިއުޓީ މިނިސްޓަރު ފާތިމަތު ފަޒްލާގެ އިތުރުން ޑެޕިއުޓީ މިނިސްޓަރު މުޙައްމަދު މުންޠިފް އަޙްމަދުވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ސްޓޭންޑާޑް ފަސްޓް އެއިޑް ކޯހުގެ ބައިވެރިނަނަށް ސެޓްފިކެޓް ހަވާލުކޮށްދެއްވަނީ | ފޮޓޯ: ސްޕޯޓްސް މިނިސްޓްރީ

މި ކޯހަކީ ކުޅިވަރު ދާއިރާގައި މަސައްކަތްކުރާ މެޑިކަލް އޮފިސަރުންނަށް ހާއްސަކޮށްގެން ކުރިއަށް ގެންދިޔަ ކޯހެކެވެ.

ގުޅުންހުރި ލިޔުންތައް