ކުޅިވަރާއި ގުޅުންހުރި އެކި ދާއިރާއިން ޒުވާނުން ތަމްރީނުކޮށް، ކުރިއެރުވުމުގެ ގޮތުން މިނިސްޓްރީ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަނުން ރާވާ ހިންގާ ޕްރޮގްރާމްތަކުގެ ތެރެއިން، ސްޓޭންޑާޑް ފަސްޓް އެއިޑް ކޯހެއް ފަށައިފިއެވެ.
ސްޕޯޓްސް މިނިސްޓްރީގެ ބެލެނިވެރިކަމުގެ ދަށުން ހިންގަމުން އަންނަ، މޯލްޑިވްސް ނޭޝަނަލް އިންސްޓިޓިއުޓް އޮފް ސްޕޯޓްސް (އެމްއެންއައިއެސް) އިން މިމަހުގެ 12 އިން ފެށިގެން އޮގަސްޓް 14ގެ ނިޔަލަށް ކުރިއަށް ގެންދިޔަ މި ކޯހުގައި 33 ބައިވެރިންވަނީ ބައިވެރިވެފައެވެ.

ކޯސް ހުޅުވުމުގެ ރަސްމިއްޔާތުގައި ޑެޕިއުޓީ މިނިސްޓަރު ފާތިމަތު ފަޒްލާގެ އިތުރުން ޑެޕިއުޓީ މިނިސްޓަރު މުޙައްމަދު މުންޠިފް އަޙްމަދުވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

މި ކޯހަކީ ކުޅިވަރު ދާއިރާގައި މަސައްކަތްކުރާ މެޑިކަލް އޮފިސަރުންނަށް ހާއްސަކޮށްގެން ކުރިއަށް ގެންދިޔަ ކޯހެކެވެ.