އަންގާރަ, ސެޕްޓެމްބަރ 23, 2025
spot_img
- Advertisement -spot_img

އިނގިރޭސި ޕްރިމިއާ ލީގު: ފުރަމަތަ މެޗުގައި ޗެންޕިއަން ލިވަޕޫލަށް ބޯންމައުތު އަތުން އުނދަގޫ މޮޅެއް

އިނގިރޭސި ޕްރިމިއާ ލީގުގެ ފުރަމަ މެޗުގައި އަމިއްލަ ދަނޑުގައި ބޯންމައުތާއި ދެކޮޅަށް ކުޅުނު މެޗު ވާދަވެރި ކުޅުމަކަށްފަހު 4-2 ނަތީޖާއަކުން ލިވަޕޫލުން ކާމިޔާބުކޮށްފިއެވެ.

މެޗުގެ ފުރަތަމަ ހާފުގައި ގިނަވަގުތު ބޯޅަ ހިފަހައްޓައިގެންކުޅެ ލިވަޕޫލުން މެޗު ޑޮމިނޭޓްކުރިއިރު، މިހާފުގައި ދެޓީމުން ވެސް ވަނީ ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. އަދި މިމެޗުގައި ފުރަތަމަ ލަނޑުޖަހައި ކުރިހޯދީ ލިވަޕޫލުންނެވެ.

ލިވަޕޫލްގެ އެކަޓިކޭ ގޯލުޖެހުމަށްފަހު އުފާފާޅުކުރަނީ

މިލަނޑު ފުރަތަމަ ހާފުގެ 37 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބުކޮށްދިނީ ދާދި ފަހުން އެޓީމާއި ގުޅުނު ފުރާންސްގެ ފޯވާޑް ހޫގޯ އެކަޓިކޭ އެވެ. މިއީ އެޓީމުގެ އާޖެންޖީނާ މިޑްފީލްޑަރު އެލެކްސިސް މާކް އެލިސްޓާ ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ. އަދި މިލަނޑާއެކު ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 1-0 ގެ ނަތީޖާއަކުން ލިވަޕޫލް ކުރީގައި އޮވެގެންނެވެ.

މެޗުގެ ދެވަނަ ހާފު ވެސް ވަރުގަދަކޮށް ފެށީ ލިވަޕޫލް އިންނެވެ. ނަތީޖާއެއްގެ ގޮތުން ދެވަނަ ހާފު ފެށިގެން ހަތަރުވަނަ މިނެޓުގައި އެޓީމުން ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށްފައެވެ. މިލަނޑު އެކަޓިކޭ ތަނަވަސްކޮށްދިން ފުރުސަތެއްގައި އެޓީމަށް ކާމިޔާބުކޮށްދިނީ ފޯވާޑް ކޯޑީ ގައްޕޯ އެވެ.

ބޯންމައުތުގެ ކުޅުންތެރިން ގޯލުޖެހުމަށްފަހު އުފާފާޅުކުރަނީ

ބޯންމައުތު ނަތީޖާގެ ފަރަގު ކުޑަކުރި ލަނޑު ދެވަނަ ހާފުގެ 64 ވަނަ މިނެޓުގައި ފޯވާޑް އެންޓޮއިން ސެމެންޔޯ ކާމިޔާބުކުރިއިރު، އޭގެ 12 މިނެޓްފަހުން ސެމެންޔޯ ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް އެޓީމަށް މެޗުގެ ނަތީޖާ އެއްވަރުކޮށްދީފައެވެ.

ލިވަޕޫލުން ދެވަނަ ފަހަރަށް ލީޑުހޯދި ލަނޑު މެޗުގެ 88 ވަނަ މިނެޓުގައި ފެޑެރީކޯ ކިއޭސާ ކާމިޔާބުކުރިއިރު، އެޓީމުގެ ހަތަރުވަނަ ލަނޑު މެޗުގެ އިތުރު. ވަގުތުގެ ތެރޭގައި ކާމިޔާބުކޮށްދިނީ ތަޖުރިބާކާރު ފޯވާޑް މުހައްމަދު ސަލާހް އެވެ. އަދި މިލަނޑާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 4-2 ގެ ނަތީޖާއަކުން ލިވަޕޫލް ކުރީގައި އޮވެގެންނެވެ.

ގުޅުންހުރި ލިޔުންތައް