އާދިއްތަ, އޮކްޓޯބަރ 12, 2025
spot_img
- Advertisement -spot_img

ތަރިކައާއި ބެހޭ ސެންޓަރުގެ ކުރިއެރުއެރުމާއި ތަރައްޤީއަށް އަމާޒުކޮށް އެއްބަސްވުމެއްގައި ސޮއިކޮށްފި

ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވާސިޓީ (އައި.ޔޫ.އެމް) ދިވެހިބަހާއި ސަގާފަތާއި ތަރިކައާއި ބެހޭ ވުޒާރާއާއި ދެމެދު ތަރިކައާއި ބެހޭ ސެންޓަރުގެ ކުރިއެރުއެރުމާއި ތަރައްޤީއަށް އަމާޒުކޮށް އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

ދިވެހިބަހާއި ސަގާފަތާއި ތަރިކައާއި ބެހޭ ވުޒާރާގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރައްވާފައިވަނީ އެ ވުޒާރާގެ ވަޒީރު، އާދަމް ނަޞިރު އިބްރީހިމެވެ. އަދި ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވާސިޓީ (އައި.ޔޫ.އެމް)ގެ ފަރާތުން އެ ޔުނިވާސިޓީގެ ވައިސް ޗާންސެލަރ، ޑރ. ޢަލީ ޒާހިރު ވަނީ ސޮއިކުރައްވައިފައެވެ.

ތަރިކައާއި ބެހޭ ސެންޓަރުގެ ކުރިއެރުއެރުމާއި ތަރައްޤީއަށް އަމާޒުކޮށް އެއްބަސްވުމެއްގައި ސޮއިކުރުން

މި އެއްބަސްވުމަކީ ދިވެހިބަހާއި ސަޤާފަތާއި ތަރިކައާއި ބެހޭ ވުޒާރާގެ ދަށުން ޤާޢިމްކުރެވިފައިވާ ނޭޝަނަލް ސެންޓަރ ފޮރ ކަލްޗަރަލް ހެރިޓޭޖްއަށް ތަރައްޤީ ގެނައުމަށް އަމާޒުކޮށް ސޮއިކުރެވުނު އެއްބަސްވުމެކެވެ. އެގޮތުން، އައި.ޔޫ.އެމްގެ ފަރާތުން ދިވެހިރާއްޖޭގެ ސަޤާފަތާއި ތަރިކައާއި ބެހޭ ތަފާތު ވޯކްޝޮޕްތަކާއި ޕްރޮގްރާމްތަށް ބޭއްވުމުގައި ގުޅިގެން މަސައްކަތްކުރުމަށް ވަނީ އެއްބަސްވެވިފައެވެ.

ތަރިކައާއި ބެހޭ ސެންޓަރުގެ ކުރިއެރުއެރުމާއި ތަރައްޤީއަށް އަމާޒުކޮށް އެއްބަސްވުމެއްގައި ސޮއިކުރުން

ދިވެހިބަހާއި ސަގާފަތާއި ތަރިކައާއި ބެހޭ ވުޒާރާއާއިއެކު ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވާސިޓީ (އައި.ޔޫ.އެމް)އާއި ދެމެދު ވެވުނު މި އެއްބަސްވުމަކީ ދިވެހިބަހުގެ ސަގާފަތާއި ތަރިކަ ހިމާޔަތްކުރުމުގެ އިތުރުން އާންމުން ދިވެހިރާއްޖޭގެ ތާރީޚާއި ސަގާފަތަށް ހޭލުންތެރިކުރުވުމަށް މަގުފަހިކޮށްދޭނެ އެއްބަސްވުމެކެވެ

ގުޅުންހުރި ލިޔުންތައް