ޖަރުމަނުގެ އާރްބީ ލެއިޕްޒިގްގެ ޒުވާން ސްޓްރައިކަރު ބެންޖަމިން ސެސްކޯ މެންޗެސްޓާ ޔުނައިޓެޑަށް ސޮއިކޮށްފިއެވެ.
ޔުނައިޓެޑުން ވަނީ ސެސްކޯގެ ސޮއި ހޯދަން މަސައްކަތް ކުރަމުން އައި ނިއުކާސަލް ފަހަތަށް ޖައްސާލައި ސެސްކޯގެ ސޮއި ކަށަވަރު ކޮށްފައެވެ.
ސެސްކޯގެ ޓްރާންސްފާ ފީއެއްގެ ގޮތުން ޔުނައިޓެޑުން ލެއިޕްޒިގަށް ޖުމްލަ 85 މިލިއަން ޔޫރޯ ދިނުމަށް ވަނީ ހަމަޖެހިފައެވެ. ސެސްކޯ, ޔުނައިޓެޑާއެކު ސޮއިކުރާނީ 5 އަހަރަށް ދިގުދެމިގެންދާ ކޮންޓްރެކްޓެއްގައެވެ.
ސްލޮވީނިއާއަށް ނިސްބަތްވާ 22 އަހަރުގެ ސެސްކޯއަކީ މި ވަގުތު ދުނިޔޭގައި ހުރި އެންމެ ހުނަރުވެރި އެއް ސްޓްރައިކަރެވެ. އޭނާ ވަނީ މި ދިޔަ ސީޒަނުގައި 45 މެޗުގައި 21 ލަނޑު ކާމިޔާބު ކޮށް, 6 އެސިސްޓު ފޯރުކޮށްދީފައެވެ.