އަންގާރަ, ސެޕްޓެމްބަރ 23, 2025
spot_img
- Advertisement -spot_img

އެސްޓީއޯގެ ފިޔާ ޝިޕްމަންޓް ބާޒާރަށް ނެރެ، ވިއްކަން ފަށައިފި

އެސްޓީއޯގެ ފިޔާ ޝިޕްމަންޓް ބާޒާރަށް ނެރެ ވިއްކަން ފަށައިފިއެވެ.

ދުވަސްތަކެއް ކުރިން ފިޔާ ލިބުން ދަތިވީ މޫސުން ގޯސްވުމާ ގުޅިގެން ވިޔަފާރިވެރިންނަށް ފިޔާ އެތެރެނުކުރެވިގެންނެވެ. އަދި ފިޔާ ހިފައިގެން އައި ބައެއް ބޯޓުތައް މާލޭ ވިޔަފާރި ބަނދަރަށް ވަތް ނަމަވެސް މޫސުން ގޯސްވެގެން މުދާ ބޭލުމުގައި ވަރަށް ބޮޑެތި ދަތިތައް ކުރިމަތިވިއެވެ.

އެސްޓީއޯގެ އޮފިޝަލަކު ވިދާޅުވީ، މި ޝިޕްމަންޓަކީ މޫސުމީ ލޮޅުންތަކުގެ ސަބަބުން ރާއްޖޭގެ ފިޔާ ސަޕްލައިއަށް ދިމާވިދަތިތަކަކާއި ގުޅިގެން ރާއްޖޭގެ ބާޒާރުގައި ފިޔާ ލިބުމަށް ދަތިވުމުގެ ސަބަބުން މާކެޓްސްޓޭބަލައިޒް ކުރުމަށް ގެނައި ޝިޕްމަންޓެއްކަމަށެވެ.

އެސްޓީއޯއިން ޕީޕަލްސް ޗޮއިސުން ފިޔާ ކިލޯއެއް މިވަގުތު ލިބެން ހުންނާނީ 15ރ. އަށެވެ. އަދި އެސްޓީއޯ ހޯލްސޭލް ސެންޓަރުން ހޯލްސޭލްކޮށްވެސް މިވަގުތު ފިޔާ ލިބެން ހުންނާނެއެވެ.

ގުޅުންހުރި ލިޔުންތައް