ނަމާދަށް ހޭލުންތެރި މުޖުތަމަޢުއެއް އުފެއްދުުގެ މަޤުސަދުގައި އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ ނަމާދު މަތިވެރިކުރުން ޕްރޮގުރާމުގެ ފުރަތަމަ ދަންފަޅި އިސްރަށްވެހިންގެ ނާދީގައި ކުރިއަށް ގެންގޮސްފިއެވެ.
މި ދަންފަޅީގައި ނަމާދާއި ގުޅޭ މުހިއްމު ދީނީ މަޢުލޫމާތުތަކެއް އިސްރަށްވެހިންނަށް ވަނީ ފޯރުކޮށްދީފައެވެ. މި ދަންފަޅި ނަންގަވައިދެއްވީ އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާގެ ވާޢިޡް އައްޝައިޚް ޢަބްދުﷲ މިފްޒާލްއެވެ.
އިސްރަށްވެހިންނަށް ދީނީ މަޢުލޫމާތު ފޯރުކޮށްދިނުމަށް ވުޒާރާއާއި ނާދީ ގުޅިގެން ދީނީ ގިނަ ޕްރޮގުރާމުތަކެއް ކުރިއަށް ގެންދާކަން ފާހަގަކޮށްލެވެއެވެ.



