މިފްކޯގެ މަސް ފިހާރަ ނޯތް ހާބަރުގައި ހުޅުވައިފިއެވެ.
މިފްކޯއިން ބުނީ ނޯތު ހާބަރުގައި މިފްކޯގެ ފިހާރައެއް ހުޅުވުމުން މާލޭގެ މައި ބަޒާރުމަތިން މިހާރު މިފްކޯގެ އުފެއްދުންތައް ފަސޭހަކަމާއި އެކު ގަންނަ ލިބޭނެކަމަށެވެ. އަދި މި ފީހާރައިގެ ސަބަބުން އަތޮޅުތަކަށް މިފްކޯގެ އުފެއްދުންތައް ގެންދާ ވިޔަފާރިވެރިންނަށް ބަނދަރުމަތޫ ސަރަހައްދުން ފަސޭހަކަމާއި އެކު ތަކެތި ލިބިގެންދާނެކަމަށްވެސް މިފްކޯއިން ބުނެއެވެ.

މި ފިހާރައިން އާންމުކޮށް މިފްކޯގެ ފިހާރަތަކުން ލިބޭ ހުރިހާ ބާވަތްތަކެއްގެ މަހުގެ އުފެއްދުންތައް ލިބޭނެކަމަށް މިފްކޯއިން ބުނެއެވެ. އެގޮތުން މަސްދަޅުގެ ހުރިހާ ބާވަތްތަކާއި ވަޅޯމަސްވެސް ހުންނާނެކަމަށް މިފްކޯއިން ބުނެއެވެ. އަދި މިފްކޯއިން އުފައްދާ އެހެން ބާވަތެއް ބޭނުންވިޔަސް މިތަން މެދުވެރިކޮށް ލިބޭނެކަަމަށް މިފްކޯއިން ބުނެއެވެ.
މި ފިހާރަ ހުކުރު ދުވަސް ފިޔަވާ ކޮންމެ ދުވަހަކު ހެނދުނު 8:30 އިން ހަވީރު 6:00 އަށް ހުޅުވާފައި ހުންނާނެކަމަށް މިފްކޯއިން ބުނެއެވެ.



