ފ. ދަރަނބޫދޫ ޞިއްޙީމަރުކަޒު އަޕްގްރޭޑްކުރުމުގެ މަސައްކަތުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.
ހެލްތް މިނިސްޓްރީގެ ފަރާތުން މިއެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރ އޮފް ހެލްތުގެ ނައިބު، އަލްއުސްތާޛް އިސްމާޢިލް ޒާހިރު އަދި ހަވާލުކުރެއްވި ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ ”ސަމާލު ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް“ގެ ލީގަލް ކައުންސެލް، މުޙައްމަދު ޒަޔާން ޢަބްދުﷲއެވެ.
އަރިހުގައި ދާޢިރާގެ ދާޢިރާގެ އިއްޒަތްތެރި މެމްބަރު ފާތިމަތު ސައުދާ ބައިވެރިވެ ވަޑައިގެންނެވިއެވެ.
210 ދުވަހުގެ ތެރޭގައި ނިންމުމަށް ހަވާލުކުރި މި މަސައްކަތުގެ އަގަކީ 4.8 މިލިއަން ރުފިޔާއެވެ.
މިޕްރޮޖެޓްގެ ދަށުން ވޯޑަކާއި، ލެބޯޓްރީ، ނާސް ސްޓޭޝަން، ލޭބަރ ރޫމް، އަދި ސްޓޯރ ރޫމް އިތުރުކުރެވިގެންދާނެއެވެ.